ފުލުހުންގެެ ދެ މީހަކު މާލެތެރެ ބެލެހެއްްޓުމުގައި
ފުލުހުންގެެ ދެ މީހަކު މާލެތެރެ ބެލެހެއްްޓުމުގައި
ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދޭން ނެގި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 11 ވަނަ ދުވަހު އެ އިދާރާއަށް ހުށައަޅާފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން، މިމަހުގެ 12 ވަނަ ދުވަހު އުމުރުން 27 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އިތުރަށް ފުލުހުން ބުނީ، ރިސޯޓެއްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނީގެ ފަރާތުން ފައިސާ ބަލައި މާލެ އައިސް ހުރި މީހާ ފައިސާއާ ހަވާލުވެ އެ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންވަންދެން ހުރީ ގެސްޓް ހައުސްއެއްގައި ކަމަށާއި ފައިސާއާއި ރިސޯޓަށް ގެންދަން ހުރި ބައެއް ތަކެތި ވަގަށް ނެގީ އެ ގެސްޓް ހައުސްގައި އޭނާ ހުއްޓައި ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި 1.9 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، 25،000 ރުފިޔާގެ އަގުހުރި ޑާޓާ ކާޑާއި، ރައުޓާއަކާއި، 11،000 ރުފިޔާގެ އަގުހުރި ފަސް މޯބައިލް ފޯނާއި، 29،000 ރުފިޔާގެ އަގުހުރި ރިޗާޖް ކާޑް ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެތި މިމަހުގެ 12 ވަނަ ދުވަހު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި އެހެނިހެން ބައެއް ތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން