25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްް
25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްް
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޚާއްޞަ އެލަވަންސެއް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސިއްހީ ދާއިރާގައި އުޅޭ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއްކަމަށާއި، އެ މީހުންގެ އިތުރުގަޑީގެ ފައިސާ ބަރާބަރަށް ލިބޭނެ ކަމަށެވެ. އެއާއެކު، ޞިއްޙީ ދާއިރާގެ މީހުންގެ އެލަވަންސް ޕޮލިސީ ވީ އެންމެ އަވަހަކަށް ނިންމައި، ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މި ދުވަސްވަރު ސަރުކާރު ބަންދުކޮށްފައި ވާތީ ގިނަ މުވައްޒަފުން މުހިންމު މަސައްކަތެއް އޮތްނަމަ ކުރަމުން އަންނަނީ ގޭގައި ތިބެގެން ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މުވައްޒަފުން އޮފީހަށް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ އެލަވަންސެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ، ސިއްހީ ޚިދުމަތްތެރިންނަށް ސަރުކާރުން ޚާއްޞަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވިނަމަވެސް އިތުރު ގަޑީގެ ފައިސާއާއި މިހިނގާ ސަރުކާރު އޮފީސްތައް ބަންދު ދުވަސް ތަކުގައި އިތުރުގަޑީގެ ފައިސާއާއި މަސައްކަތުގަޑިއާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއަކާއި ރައީސް އޮފީހުގެ ސާކިއުލާކައަކަށް ހަވާލާދީފައި ކަމަށް ބުނެ މިހަފުތާގައި އައިޖީއެމްއެޗުން ވަނީ އިތުރުގަޑީގެ ފައިސާ ދިނުމާއި ބެހޭގޮތުން ސާކިއުލާއެއް ނެރެފައެވެ. މި ސާކިއުލާގައި ވާގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށްވެސް އިތުރުގަޑީގެ ފައިސާ ދޭނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއާއި ރައީސް އޮފީހުގެ ސާކިއުލާއަކާއި އެއްގޮތަށް ކަމުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން