ލޯންޗްތަކުގައި ރޯވެ އަނދަނީ (ފޮޓޯ:- އެމްއެންޑީއެފް)
ލޯންޗްތަކުގައި ރޯވެ އަނދަނީ (ފޮޓޯ:- އެމްއެންޑީއެފް)
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ފަޅުތެރޭގައި އަޅާފައި ހުރި ލޯންޗްތަކެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ޚަބަރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔޫސާވިސަސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 5:45 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން ބުނީ މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗް ތަކުގައި ރޯވި އަލިފާންނިއްވުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔޫ ސާވިސަސްގެ ޓީމުން ކުރި މަސައްކަތާއެކު އަލިފާން ކޮންތްރޯލްކޮށް މުޅިން ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 8:05 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔޫ ސާވިސަސްގެ ބޭފުޅުންނާއި އެކު އަލިފާން ނިއްވުމުގައި އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ރަށުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް ބައިވެރިވެފައިވާ ކަަމަށް މައުލޫމާތު ލިބިފައި ވެއެވެ.



މިހާދިސާގައި ފަސް ލޯންޗެއްގައި އަލިފާންރޯވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ އުޅަނދުފަހަރުވެސް ހިމެނޭކަމަށް އެނގިފައި ވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސަބަބެއް ވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން