މާލެ
މާލެ
‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޯވިޑް19⁩ އަށް ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

މިއީ މާލޭން ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ.

‏މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު މާލެތެރެއިން ޕޮޒިޓިވް ވި މީހާއަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވެނީ ކޮން ގޮތަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ރާއްޖެއިން މިހާނަތަށް ބައްޔަށް ޕޮޒިޓިވް ވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ރާއްޖެއިން ބޭރުން އައި ފަސް މީހުންނެވެ. ނަމަވެސް މީގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅު ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 21 މީހުން ޕޮޒިޓިވެ ވެފައިވާއިރު 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަނެއް ދެމީހުން ޕޮަޒިޓިވްވި ކަން އެނގުނީ އެމީހުން ފުރައިގެން ދިޔަފަހުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ހިންގައްޖެ ނަމަ ނުވަތަ އާންމުންގެ ތެރޭގައި ބަލި ފެތުރެން ފަށައިފި ނަމަ ރާއްޖޭގެ 98500 މީހުންނަށް ބަލި ޖެހިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން