ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
މަޖިލީސް ހުޅުވަން މިއުޅެނީ ސަރުކާރަށް ފާޑުކިޔަންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނޭ ގޮތަކާއި ގުޅޭގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއި އެކު އިއްޔެ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤާނޫނީ މަސްއޫލިޔަތު މިދަނޑިވަޅުގައި އަދާކުރަންޖެހޭކަމަށާއި، ޤާނޫނީ ވާޖިބު އަދާނުކޮށްފި ނަމަ ކޯވިޑް-19 އަށް ވާންޖެހޭ ތައްޔާރީތައް ނުވެވޭނެކަމަށެވެ.

"އަޅުގަނޑުމެން ތެލުލިފަތް ހިފައިގެން މެލޭޝިއާއަށް އަޅުގަނޑުމެންގެ މަތިންދާބޯޓަށް ދެވޭކަމަށް ވަންޏާ މީގެ (ވެންޓިލޭޓަރު) 157 އެތި ބަލާވެސް ދާންވެއްޖެ ނޫންތޯ؟ އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑު މި މަޖިލިސް މި ހުޅުވަނީ ފާޑު ބުނާންވެގެން. އަޅުގަނޑަށް ފެނުނު ގޮތުގައި މި ފާޑު މިއަދު އަޅުގަނޑު ނުބުނެ މިތާ އިނުމަކީ ޒިންމާދާރު ކަމެއްނޫން." ކޯވިޑް-19 އަށް ތައްޔާރުވުމަށް 247 އައިސީޔޫ އެނދާއި، 152 ވެންޓިލޭޓަރު އިތުރަށް ހޯދަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މަޖިލިސް ބަންދު ކުރުމުން ތައްޔާރުވާން ކުރަންޖެހޭ މަސައްކަތް ކުރެވޭތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ތައްޔާރުނުވެ ތިބުމަށް ބޭނުންނުވާކަމަށާއި، އެޗްޕީއޭގެ ސާވޭ ބުނާގޮތުން ރާއްޖޭގައި ކޯވިޑް-19 ގެ ބަލި މަޑުކަން ފެތުރިގަތުމަށް ބާކީ އޮތީ 20 ދުވަސްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހަންޓިން

19-Apr-2020

ކަލޭ ކިޔާ ފާޑަކީ ބިނާ ކުރަނިވި ފާޑުކިޔުމަކަށް ނުވާނެ މިވަގުތަކީ އެއްބާރުން އަނެއް ބާރަށް ފާޑުކިޔަންްވީ ވަގުތެއް ނޫން ގޭގައި ފުޅި ބޯލަ ބޯލަ އޮވެބަލަަ ރައީސް ގައުމު ހިންގިޔަދީބަލަ


10

ހަންޓިން

19-Apr-2020

ކަލޭ ކިޔާ ފާޑަކީ ބިނާ ކުރަނިވި ފާޑުކިޔުމަކަށް ނުވާނެ މިވަގުތަކީ އެއްބާރުން އަނެއް ބާރަށް ފާޑުކިޔަންްވީ ވަގުތެއް ނޫން ގޭގައި ފުޅި ބޯލަ ބޯލަ އޮވެބަލަަ ރައީސް ގައުމު ހިންގިޔަދީބަލަ


7

ހަންޓިން

19-Apr-2020

ކަލޭ ކިޔާ ފާޑަކީ ބިނާ ކުރަނިވި ފާޑުކިޔުމަކަށް ނުވާނެ މިވަގުތަކީ އެއްބާރުން އަނެއް ބާރަށް ފާޑުކިޔަންްވީ ވަގުތެއް ނޫން ގޭގައި ފުޅި ބޯލަ ބޯލަ އޮވެބަލަަ ރައީސް ގައުމު ހިންގިޔަދީބަލަ


17

ހަންޓިން

19-Apr-2020

ކަލޭ ކިޔާ ފާޑަކީ ބިނާ ކުރަނިވި ފާޑުކިޔުމަކަށް ނުވާނެ މިވަގުތަކީ އެއްބާރުން އަނެއް ބާރަށް ފާޑުކިޔަންްވީ ވަގުތެއް ނޫން ގޭގައި ފުޅި ބޯލަ ބޯލަ އޮވެބަލަަ ރައީސް ގައުމު ހިންގިޔަދީބަލަ


25

އަދިވެސް

19-Apr-2020

ކަލޭ އަނގަމަޑުންލައިގެން ގޭގައި އޮވޭ. ކަލޭ ގެއަށް ވައްދާނީ ރައްޔިތުން ނިކުމެގެން. މިޤައުމުގެ ވެރިޔަކީ ކަލޭއެއް ނޫން.



ޓްރެންޑިން