މާލެ މަތިން ފެންނަ މަންޒަރެއް
މާލެ މަތިން ފެންނަ މަންޒަރެއް
މަގުތަކަށް ނުނުކުމެ ގޭގައި ތިއްބެވުމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19 އަށް މާލެތެރެއިން މިއަދު މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިހާރަތަކާއި މާރުކޭޓްތަކުގައި ތޮއްޖެހި އުޅެވޭނެ ހާލަތެއް މިހާރަކު ނެތް ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަން އޮތީ ކާކަށްކަން ވެސް ނޭނގޭ ކަމަށެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް ގޭގައި މަޑުކޮށްދިނުމަށް ޝިފާ ވަނީ އެދިވަޑައިގެންފައެވެ.

"ޒަރޫރީ ބޭނުންތަކަށް ނޫނީ ނުނުކުތުމަށް އިލްތިމާސް ކުރަން. އިޖުތިމާއީ ގައިދުރުކަން އަދިވެސް ދަސްނުވޭ. ފިހާރަތަކާއި މާކެޓުތަކުގައި ތޮއްޖެހިގެން އުޅެވޭކަށް ނެތް. ސަލާމަތްތެރިކަން އޮތީ ކާކަށް ކަމެއް ނޭނގެ. ނަސޭހަތްތެރިވެދެއްވާ." ޝިފާ ވިދާޅުވިއެވެ.

މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ ދިވެހިން ވަނީ ފެނިފައެވެ. އަދި ރާއްޖެއިން އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21 އަރައިފައެވެ.

ކޮރޯނާވައިރަހަށް މީގެ ކުރިން ޕޮޒިޓިވް ވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. ފަސްވަނަ މީހާ އައީ ފިލިޕިންސުންނެވެ. ނަމަވެސް މިއަދު މާލެއިން ޕޮޒިޓިވް ވި މީހާ އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން