ބީއެމްއެލްގެ ސެލްފް ސަރވިސް ސެންޓަރެއް
ބީއެމްއެލްގެ ސެލްފް ސަރވިސް ސެންޓަރެއް
ބޭންކް އޮފް މޯލްޑިވްސް އދ. ދިގުރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިގުރަށުގައި ސެލްފް ސަރވިސް ބޭންކެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވާފައި ވަނީ ހުކުރުދުވަހުގެ ރޭއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބޭންކުން ބުނެފައިވަނީ، ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ދިގުރަށުގައި ދޭން ފެށި ބޭންކުގެ އޭޓީއެމް ޚިދުމަތާއެކު، އއ. އަތޮޅުގެ 4 ރަށެއްގެ އިތުރުން ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށީގައި އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ވަނީ ފަށާފައިވެއެވެ.

ރާއްޖޭގެ 20 އަތޮޅުގައި 38 ބްރާންޗާއި، 62 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 125 އޭޓީއެމްގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް ގެ ބޭންކިން ވިއުގަ ފުޅާކުރުމަށް އެބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން