ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ކޯވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމާއެކު، ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މިއަދު ފެނިފައިވާކަން އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. މިމީހާއަކީ ރޯގާގެ ޢަލާމާތްތައް ފެނިގެން މި މަހުގެ 14 ވަނަ ދުވަހު މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ދިވެއްސަކެވެ. ކޯވިޑް-19 އަށް ޓެސްޓް ކުރުމުން އެ ބައްޔަށް އޭނާ ޕޮސިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިކަން ކަށަވަރު ވުމާއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި މަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން އެ ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއަދު ޕޮސިޓިވްވީ މީހާ ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައި ނުވާ ކަމަށާއި، މީނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެއިން މިހާނަތަށް ބައްޔަށް ޕޮޒިޓިވް ވި ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ރާއްޖެއިން ބޭރުން އައި ފަސް މީހުންނެވެ. ނަމަވެސް މީގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅު ވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 21 މީހުން ޕޮސިޓިވް ވެފައިވާއިރު 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަނެއް ދެމީހުން ޕޮސިޓިވްވި ކަން އެނގުނީ އެމީހުން ފުރައިގެން ދިޔަފަހުންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ހިންގައްޖެ ނަމަ ނުވަތަ އާންމުންގެ ތެރޭގައި ބަލި ފެތުރެން ފަށައިފި ނަމަ ރާއްޖޭގެ 98500 މީހުންނަށް ބަލި ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު