ރާއްޖޭގައި ކޯވިޑް-19 ފެތުރޭނެ ކަމީ އެނގިތިބިކަމެއް ކަމަށާއި އެ ހާލަތަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ރާއްޖޭގެ ރަށްރަށުގައި ކޯވިޑް-19 ފެތުރޭނެކަމީ އަބަދުވެސް އާއްމު ސިއްޙަތުގެ މާހިރުންނަށް އެނގިތިބި ކަމެއް. އެންމެ ފުރަތަމަވެސް މިކަން ވާނެކަމަށް އަންދާޒާ ކުރެވުނު ގޮތަށް މިދަނީ. ސަރުކާރުން ވަނީ މިކަމަށް ތައްޔާރުވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ދާދި ދެންމެ އަކު ރައީސްނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައި ވަނީ، ރައްޔިތުން ކަންބޮޑު ނުވުމަށާއި، އިރާދަފުޅުން މިކަމުން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ކުރި ދިރާސާގެ މަޢުލޫމާތު އެޗްޕީއޭ އިން ޢާއްމު ކުރުމުގެ ކުރިން، މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ރައީސް ނަޝީދު ހާމަ ކުރެއްވި މައްސަލަ ހޫނުވެ ގިނަ ބަޔަކު ވަނީ ރައީސް ނަޝީދަށް ފާޑުކިޔާފައެވެ.
މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވް މީހަކު ފެނިފައިވާއިރު، މިކަމުގެ ސަބަބުން މުޅިރާއްޖޭގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު