ފިހާރަތަކުގައި ތޮއްނުޖެހި ގޭގައި މަޑު ކުރެއްވުމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިގޮތަށް ވިދާޅުވެފައި މިވަނީ ކޯވިޑް-19 އަށް މާލެއިން މިއަދު ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ސުޕަރމާޓް ކުރިމަތީގައި ދިގު ކިއުއެއް ދަމާލާފައި ވަނިކޮށެވެ. އެސްޓީއޯގެ އިތުރުން މާލޭގެ ގިނަ ފިހާރަތެއް މިއަދު ވަނީ ތޮއްޖެހިފައެވެ.
އެސްޓީއޯ ސުޕަރމާކެޓުން ބޭނުންވާ ހުރިހާ އެއްޗެއް ގޭގެއަށް ޑެލިވަރ ކޮށްދެނެ. ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދެ" އަމްރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރާއެކު ކާބޯތަކެތި ގަތުމަށް ފިހާރަތަކުގައި ގިނަ ބަޔަކު ވަނީ ކިއު ހަދާފަ އެވެ. އެގޮތުން މަސް ފިހާރަތަކާއި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގެ އިތުރުން ގިނަ ބަޔަކު މާރުކޭޓުގައި ވެސް ތަކެތި ގަތުމަށް ހަރަކާތްތެރިވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިހާތަނަށް ރާއްޖެއިން 21 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ. މިވަގުތާ ހަމައަށް ބައްޔަށް ފައްސިވެފައިވަނީ 6 ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު