މޯލްޑިވިއަނުްގެ ފްލައިޓެއް
މޯލްޑިވިއަނުްގެ ފްލައިޓެއް
މިއަދު މާލެއިން ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓުގައި މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާ އާއި ކޮންޓެކްޓްވި މީހަކު އިންކަމަށް ޝައްކު ކުރެވޭތީ އެ ބޯޓު އަނބުރާ މާލެއަށް ޖައްސައިފިކަމަށް "ރަސް އޮންލައިން" އަށް ކަށަވަރުވެއްޖެއެވެ.

މިއަދު މާލެއިން ކައްދޫއަށް ދަތުރު ކުރި މޯލްޑިވިއަންގެ ފްލައިޓްގައި އިންނެވި ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލައިޓް އަނބުރާ މާލެއަށް ޖެއްސީ މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާއާއި ކޮންޓެކްޓެކްޓް ވެފައިވާ މީހަކު އިންކަމަށް ޝައްކު ކުރެވިގެން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ބޯޓުގައި ތިބި މީހުން ކަރަންޓީން ކުރާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.

ރަސްމީ ފަރާތަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވް މީހަކު މިއަދު ފެނުމާއެކު ސަރުކާރުން ވެސް ދަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަމުންނެވެ. އަދި މި ދަނޑިވަޅުގައި ގެއިން ނުނުކުމެ ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން