މާލެ، މިއަދު ކާފިއުގެ ގަޑި
މާލެ، މިއަދު ކާފިއުގެ ގަޑި
17:19- މިފަދަ ހާލަތެއް ކުރިމަތިވީ ދިވެހިންނަށް އަލަކަށް ނޫން. އެ ފަދަ ހާލަތްތަކުގައި ދިވެހިން ވަނީ އެއްބައިވަންތަކަން ދައްކުވައިދީފައި. މިއަދު ވެސް އެދެނީ ގައުމީ ރޫހު އިސްކޮށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން. އެދެނީ ގޭގައި މަޑުކުރުމަށް. އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމަންޓަށް ނުދިއުމަށް. މަބްރޫކް

17:18- ފިޔަވަޅެއް އެޅުމަށް ފަހު އެއަށް އަމަލުކުރުމަކީ ފަރުދުންގެ ޒިންމާއެއް. އޭރުން އެންމެ ބޮޑަށް ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުވާނީ. އިޖުތިމާއީ ގައިދުރުކުރުން ވަރަށް މުހިއްމު. މިނިސްޓަރ އަމީން

17:17- ޓެސްޓް ކިޓް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. ޝޯޓޭޖެއް އޮތްކަމަށް ގަބޫލެއް ނުކުރަން. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ކާޓްރިޖު އުފެއްދުމުގެ މަސައްކަތް ކުރަމުން. މިނިސްޓަރ އަމީން

17:16- ކަރަންޓީން މުއްދަތަކަށް ބަދަލެއް ނާންނާނެ. 14 ދުވަހަށް ވުރެ އިތުރަށް މުއްދަތު އިތުރުކުރަން ޖެހެނީ ވަކި ހާލަތެއްގައި. ރިސޯޓުތަކުގައި ތިބި މީހުންގެ ކަރަންޓީނަށް ބަދަލެއް ނާންނާނެ. ޑރ ޢަލީ ލަތީފް

17:10- ކޮމިއުނިޓީ ސްޕްރެޑެއްގައި ކަންކުރާނެ ގޮތާއި ބަލިމީހުން ގިނަ ވެއްޖެއްޔާ ހޯމް ކަރަންޓީން ކުރާނެ ގޮތުގެ އެސްއޯޕީތައް ލިޔެވިފައި ހުރީ- މިނިސްޓަރ އަމީން

17:08- އަތޮޅު ތެރޭގައި ޓެސްޓް ކުރެވޭނެ ގޮތް މިދަނީ ފަހި ކުރަމުން. ވާ ވަރަށް ޓެސްޓް ކިޓް މިހާރު އެބަހުރި- މިނިސްޓަރ އަމީން

17:07- އަތޮޅުތެރޭގައި ވެސް ވަނީ ތަމްރީން ދެވި ތައްޔާރީވެވިފައި- މިނިސްޓަރ އަމީން

17:06- މިވަހުތު އަޅުގަނޑުމެން މިބަލަނީ ޕްރައިމަރީ ލޮކްޑައުން. ކާށިދޫ މިބަލަނީ އެހެންވެގެން- ޑރ. ނަޒުލާ

17:01- މާލެ ލޮކްޑައުން މި ކުރީ ކޮންޓެކްޓް ޓްރޭސިންކޮށްފައި އިތުރު ފިޔަވަޅު އަޅަން. ނަމަވެސް ބަލި އިތުރަށް ފެތުރޭ ނަމަ، ގިނަ ދުވަހަށް ލޮކްޑައުން ކުރަން ޖެހޭނެ. ޑރ. ޢަލީ ލަތީފް

16:57- މިވަގުތު ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އެގެއަކަށް ގޮސް ޕޭޝަންޓުން ބަލައިދޭ ގޮތަށް ނިންމާފައި. ޑރ. ޢަލީ ލަތީފް

16:54- ގދ. ވާދޫ އާއި އައްޑޫގައި މޮނިޓަރިންގެ މަސައްކަތްތަކެއް ކުރިއަށް އެބަދޭ. ޑރ. ނަޒްލާ

16:53- ބައެއް ފަރާތްތަކުން ސީރިއަސް އެއް ނޫން. މީހުން އެއްވެ އުޅޭތަން ފެނޭ. ހޮސްޕިޓަލްގެ އެނދުތައް ހުރީ ތައްޔާރަށް.

ކޮންޓެކްޓް ޓްރޭސް ކުރުމަށް ޓަކައި، ކްލޯސް ކޮންޓެކްޓްވެފައި ތިބި 54 މީހުން ވަނީ މިހާރު އައިސޮލޭޓްކޮށްފައި. ބަލިއެރި ސޯސް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ކުރިއަށް އެބަދޭ. އެއީ ބަލި ކޮންޓްރޯލް ކުރަން މުހިންމު ކަމެއް. ޑރ. ނަޒްލާ

16:50- ކޮންޓެކްޓް ޓްރޭސް ކުރުމަށް ޓަކައި، ކްލޯސް ކޮންޓެކްޓްވެފައި ތިބި 54 މީހުން ވަނީ މިހާރު އައިސޮލޭޓްކޮށްފައި. ބަލިއެރި ސޯސް ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ކުރިއަށް އެބަދޭ. އެއީ ބަލި ކޮންޓްރޯލް ކުރަން މުހިންމު ކަމެއް. ޑރ. ނަޒްލާ

16:49- ކޮމިއުނިޓީ ޓްރާންސްމިޝަން މި ހިނގީ ބަލީގެ ޢަލާމާތެއް ނެތް މީހެއްގެ ކިބައިން ކަމަށް ވެދާނެ. ޑރ. ޢަލީ ލަތީފް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޕްރެސް މިހާރު ކުރިއަށް ދަނީ

16:30. ހެލްތު މިނިސްޓަރ އަމީން- މިއަދު ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ، މިފަހުން ރާއްޖެއިން ބޭރަށް ދިޔަ މީހެއް ނޫން. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހަކާ ސީދާ ދިމާވެފައިވާ ކަމަކަށް ވެސް އަދި ނުބެލެވޭ. ޕޮޒިޓިވްވި މީހާޔާ ސީދާ ދިމާވި އެންމެން ދެނެގަތުމުގެ މަސައްކަތް އެބަދޭ. މިނިސްޓަރ އަމީން

16:02- ރައީސުލްޖުމްހޫރިއްޔާ- މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތެއް، ކޮވިޑް 19 އަށް ޕޮޒިޓިވް ވި ޚަބަރު އަޅުގަނޑަށް ލިބުނީ މިއަދު ހެނދުނު.

އެމީހާގެ ޓެސްޓުގެ ނަތީޖާ މިއަދު ލިބުމާއެކު ބައްޔަށް ޕޮޒިޓިވް ވާ ހުރިހާ މީހުންނާމެދުވެސް ޢަމަލުކުރާ އުސޫލުން، މިހާރު ކަންކަން ކުރަމުން އަންނަ ކަމުގައި ދަންނަވަން.

16:00- ރައީސުލްޖުމްހޫރިއްޔާ- ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާއި މިނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް ރަނގަޅު މިންވަރަކަށް އެބަހުރި. އަދި މިފަދަ ޙާލަތުގައިވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެ ފަދަ ގޮތްތައް އިދާރާތަކުން މިވަނީ ރާވާފައި. މި ކަންކަމުގެ ތަފްސީލުތައް އެ އިދާރާތަކުން ހާމަކުރަމުން ގެންދާނެ.

15:55- ރައީސުލްޖުމްހޫރިއްޔާ- މިކަން ތަންފީޒުކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާއިރު ދިވެހި ރައްޔިތުންގެ ކިބައިން މިއަދު އަޅުގަނޑު އެދެނީ ކެތްތެރިކަމާއެކު މިކަމަށް އެއްބާރުލުން ދެއްވުމަށް.

15:50- ރައީސުލްޖުމްހޫރިއްޔާ- ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރުން އޮތީ ތައްޔާރަށް. ޚާއްސަކޮށް މާލެތެރެއިން، އެންމެ މީހަކު ވިޔަސް މި ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން.

15:46- މިނިސްޓްރީ އޮފް ޖެންޑަރ- ދައުލަތުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފަރުދީ، ޢާއިލީ އަދި ޖަމާޢީ ފެންވަރުގައި ޢަމަލުކުރުމަކީ އިޖުތިމާޢީ ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ވެސް ރައްކާތެރިކުރުމަށް ދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް. މިކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަމާ!

15:22- ވެމްކޯ- ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ބަންދުކޮށްފި. މިހާރު އަމިއްލަޔަށް ކުނި ހިފައިގެން ވެމްކޯގެ ސެންޓަރުތަކަށް ނުދެވޭނެ ކަމަށް ވެމްކޯއިން ބުނޭ. އެގޮތަށް ނިންމާފައިވަނީ މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައިން ކުރުމާ ގުޅިގެން.

15:15- އެޗްޕީއޭ- މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް.

މާލޭ ސިޓީގައި 24 ގަޑިއިރުގެ ލޮކްޑައުން އިއުލާނުކުރުމާއެކު މަގުމަތީގައި އުޅޭ ހުރިހާ އެންމެން 15:30 ގެ ކުރިން ގެއަށް ވަނުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މާލެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މާލެ 24 ގަޑިއިރަށް ފުރަބަންދު ކޮށްފައިވާއިރު އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި އެންގުން އަންގާ ވަގުތުން ފެށިގެން، ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާކަމަށެވެ.

އެ ފިޔަވަޅުތަކަކީ؛

1. މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން.

2. މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުން.

3. މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.

ލޮކްޑައުންގައި އަޅާ ފިޔަވަޅުތައް އިސްތިސްނާވާ ފަރާތްތައް:

1. ސިފައިންނާއި ފުލުހުން

2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު

3. އެމްބިއުލަންސް

4. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް

5. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް.

މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އެޗްޕީއޭއިން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށާއި އަދި އިސްވެ ދެންނެވި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށްއަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށާއި މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތު ވަނީ އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން