ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙއްމަދު ޞާލިޙް މިއަދު އަސުރު ނަމާދަށްފަހު ޤައުމާއި މުޚާޠަބު ކުރައްވާނެ ކަމުގައި ސަރުކާރުން ބުނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހޫދު ކުރެއްވި ޓްވީޓެއްގައި ހަމައެކަނި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްތާ މިއަދުގެ އަސުރުގެ ފަހުން ޤައުމާއި މުޚާޠަބު ކުރައްވާނެ ވާހަކައެވެ. މީގެ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.

ބެލެވޭ ގޮތުގައި މިއަދު ކުއްލި ގޮތަކަށް ރައީސް ޤައުމާއި މުޚާޠަބު ކުރައްވަން މިނިންވީ މިއަދު މާލެއިން ކޯވިޑް-19 އަށް ދެވެއްސަކު ޕޮޒިޓިވް ވުމާއި ގުޅިގެން އާންމު ރައްޔިތުންގެ ހިތުގައި އުދެފައިވާ ނުތަނަވަސް ކަމާއި މިކަމާއި ގުޅިގެން ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރެއްވުމަށެވެ.

ކޯވޮޑް-19 ފެތުރެން ފެށިފަހުން ރައީސް ޞާލިޙް ރައްޔިތުންނާއި ކުރިމަތިލައްވާ ވާހަކަފުޅު ދައްކަވާފައި ވަނީ އެންމެ ފަހަރަކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން