މާލޭގައި މީގެ ކުރިން ހިންގި 3 ގަޑިއިރުގެ ކާފިއުގެ މަންޒަރެއް
މާލޭގައި މީގެ ކުރިން ހިންގި 3 ގަޑިއިރުގެ ކާފިއުގެ މަންޒަރެއް
މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުމަކީ މަނާކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާލެ ސިޓީއަށް ލޮކްޑައުންގެ ހާލަތު އިއުލާންކުރީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ އެންގުމުގައި ބުނެފައިވާ ގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރަން ނިންމާފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން 24 ގަޑިއިރަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން މިއަދު ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ، ލޮކްޑައުންގެ ހާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރާ ކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށިގެ ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.

އެހެންނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކަށް އެ ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން