ކޯވިޑް-19 އާ ގުޅިގެން ކ. ކާށިދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ..
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ، ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކާށިދޫ އަށް ދަތުރުކޮށްފައިވާތީ، އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެކަމާގުޅިގެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށް އެޗްޕީއޭ ގެ އެންގުމުގައި ވެއެވެ.
މިއަދު މާލެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު ފެނިފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ވަނީ، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނުކުތުމަށާއި، އިޖްތިމާޢީ ގައިދުރުކަން ދެމެހެއްޓުމާއެކު، ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވި ހަ ދިވެހީންގެ ތެރެއިން ފަސް މީހުންނަކީ ރާއްޖެއިން ބޭރުން އައި ފަސް މީހުންނެވެ. ނަމަވެސް މީގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅު ވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 21 މީހުން ޕޮސިޓިވް ވެފައިވާއިރު ބައްޔަށް ޕޮޒިޓިވްވި 13 ބިދޭސީއަކު ވަނީ ރަނގަޅުވެފައެވެ. އަނެއް ދެމީހުން ޕޮސިޓިވްވި ކަން އެނގުނީ އެމީހުން ފުރައިގެން ދިޔަފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު