ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ، މޯލްޑިވިއަން އިން ކުރާ އެތެރޭގެ އުދުހުންތައް މެދު ކަނޑާލައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުންގެ ޙާލަތަށް ގެނެސްފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.
"ކޯވިޑް-19 އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ." މޯލްޑިވިއަންގެ ޓްވީޓްގައި ވެއެވެ.
މޯލްޑިވިއަންގެ އިތުރުން މަންތާ އެއާއިން ވެސް ވަނީ މާލޭ ލޮކްޑައުން ކުރުމާ ގުޅިގެން އެ އެއާލައިނުން ކުރާ އެތެރޭގެ ދަތުރުތައް މެދު ކަނޑާލަން ނިންމާފައެވެ.
މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވަނީ މާލެއިން ކޯވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެންނެވެ. އެމީހާ ބައްޔަށް ފައްސި ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
ރާއްޖެއިން ޖުމްލަ 21 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ފައްސިވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު