ވެމްކޯއިން މާލޭގައި ކުނި އުކުމުގެ ޚިދުމަތް ދެނީ
ވެމްކޯއިން މާލޭގައި ކުނި އުކުމުގެ ޚިދުމަތް ދެނީ
ވެމްކޯ އިން ފޯރުކޮށްދެމުންދާ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ވެމްކޯ އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ 24 ގަޑީއިރަށް ލޮކްޑައުން ކުރުމާއި ގުޅިގެން އެ ކޯޕަރޭޝަނުން މާލެ ސަރަޙާއްދުގައި ފޯރުކޮށްދެމުންދާ އެންމެހާ ޚިދުމަތްތައް ލޮކްޑައުންގެ މުއްދަތުގައި މެދުކަނޑާލާފައިވާ ކަމަށެވެ.

އެހެންކަމުން ލޮކްޑައުންގެ މުއްދަތުގައި ގޭބިސީތަކުންނާއި، ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތެއްގައި ބަންދުކުރުމަށް ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޙާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު އެ ކުންފުނީގެ ޚިދުމަތަށް އަންނަ ބަދަލުތައް އާއްމުކޮށް އަންގަމުން ގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން