ޑރ. ޢަލީ ލަތީފް
ޑރ. ޢަލީ ލަތީފް
ބައެއް ފަރާތްތަކުން ކޯވިޑް-19 އާއި މެދު ސީރިއަސް ނުވާ ކަމަށާއި، މާލެއިން މީހަކު ޕޮޒިޓިވް ވުމުން މިއީ ކޮމިއުނިޓީ ސްޕްރެޑެއްކަމަށް ޤަބޫލުކުރެވޭކަމުގައި ޑރ. ޢަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެންމެ ފަހުގެ ހާލަތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަލީ ލަތީފް ވިދާޅުވީ، ފަހުގެ ޓްރެވަލް ހިސްޓްރީ އެއް ނެތް މީހަކު މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ބޮޑަށް ގަބޫލުކުރެވެނީ އެއީ ކޮމިޔުނިޓީ ސްޕްރެޑެއްކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމަށް މިއީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް ކަމަށް ބެލެވޭ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

އަދި، މާލެތެރެއިން ބަލި މީހަކު ފެނުމަކީ ވަރަށް ބިރުވެރިކަމެއް ކަން ފާހަގަކުރައްވަމުން ޑރ އަލީ ލަތީފް ވިދާޅުވީ، ކޯވިޑް-19 އަކީ އަރިދަފުސް ރޯގާއެއް ނަމަވެސް އެބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.

ޑރ އަލީ ލަތީފް އިތުރަށް ވިދާޅުވީ، ބައެއް ފަރާތްތަކުން ކޯވިޑް-19 އާއި މެދު ސީރިއަސް ނުވާ ކަމަށާއި، މީހުން އެއްވެ އުޅޭތަން އަދިވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން، މި ބަލިން ފަރުވާ ހޯދޭނީ ގޭގައި މަޑުކޮށްގެން ކަމަށާއި، މި ބައްޔަށް ފަރުވާ ދިނުމަށް ގިނަ ބަޔަކު ތަމްރީނުކޮށް ހޮސްޕިޓަލްގެ އެނދުތައް ވަނީ ތައްޔާރު ކުރެވިފައި ކަން ޑރ. ޢަލީ ލަތީފް ފާހަގަކުރެއްވިއެވެ.

މާލެއިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން، ހެލްތް ފޮރޮޓެކްޝަން އެޖެންސީ އިން ވަނީ، 24 ގަަޑިއިރަށް ގްރޭޓަރ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން