އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން މީޑިޔާއަށް މައުލޫމާތު ދެއްވަނީ (ފޮޓޯ:- ރާއްޖެ އެމްވީ ފައިލް)
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން މީޑިޔާއަށް މައުލޫމާތު ދެއްވަނީ (ފޮޓޯ:- ރާއްޖެ އެމްވީ ފައިލް)
މިހާރު އިޢުލާން ކޮށްފައިވާ 24 ގަޑިއިރުގެ ލޮކްޑައުންގައި ޒަރޫރީ ބޭނުންތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފުލުހުންނަށް ގުޅުމަށްފަހު އައިޑީކާޑު ހިފައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ 24 ގައިއިރަށް ލޮކްޑައުން ކުރުމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަންނަން ދިއުމަށް ފުލުހުންނަށް ގުޅޭނެ ހާއްސަ ނަންބަރުތަކެއް މިރޭ އާންމު ކުރާނެ ކަމަށެވެ. ނަވީން ވިދާޅުވީ އެ ނަންބަރަށް ގުޅުމަށްފަހު އެމީހަކު ދާ ތަނަކާއި، އެތަނަކަށް ދާ ސަބަބު ބަޔާން ކުރުމަށްފަހު ދެވޭނެ ކަމަށެވެ. އަދި މިގޮތަށް މަގުމައްޗަށް ނުކުންނަ ފަރާތްތަކުގެ އަތުގައި އައިޑީ ކާޑު އޮންނަން ޖެހޭނެއެވެ.

މީގެއިތުރުން މިރޭ 7:00 އިން މެންދަމު 12:00 އަށް ޑެލިވަރީ ކުރާ ތަންތަނުގެ ހިދުމަތް ދިނުމަށް ހުއްދަ ދޭނެ ކަމަށެވެ. އަދި މިރޭ މި ހިދުމަތް ދެވޭނީ ކުރިން ފާސް ދޫކޮށްފައިވާ ތަންތަނަށް، އެ ފާސްތައް ބޭނުންކޮށްގެން ކަމަށް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު ފާސް ދޫކުރާނީ މިރޭގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ މާދަމާ ހެނދުނުގެ ވަގުތެއްގައި ޑެލިވަރީ ސާވިސްތަކަށް އިތުރު ފާހަށް އެދުމަށް ވަކި އުސޫލެއްގެ ދަށުން ހުޅުވާލާނެ ކަމަށެވެ.

ފެނާއި ގޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ޑެލިވާ ކުރުމުގައިވެސް ވަކި އުސޫލުތަކެއްގެ ދަށުން ހުއްދަ ދޭނެ ކަމަށް ނަވީން ވިދާޅުވިއެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން