މާލެ ލޮކްޑައުން ކޮށްފައި އޮންނަ ވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާކޮށް ކަރަންޓީން ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ލޮކްޑައުން ހާލަތުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅައި، އެމީހުން ޖޫރިމަނާކުރާނެ ކަމަށެވެ. އެކަމަކު ޖޫރިމަނާ ކުރުމުގެ ކުރިން ބޭރަށް ނުކުމެ އުޅޭ ސަބަބު އޮޅުން ފިލުވާނެ ކަމަށް ވިދާޅުވިއެވެ. ނަވީން ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި އުޅެން ޖެހިފައި މިވަނީ "އާ އާންމު ދިރިއުޅުމެއް" ގައި ކަމަށެވެ.
"މިފަހަރު ފިޔަވަޅު އެޅުން ކުރިއަށް ވުރެ ވަރަށް ބޮޑަށް ސްޓްރިކްޓު (ހަރުކަށި) ކުރާނަން." ނަވީން ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިއަދުން ފެށިގެން ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތް ނުދޭނެ ކަމަށެވެ. އޭގެ ބަދަލުގައި ފުރަތަމަ ފަހަރުވެސް ޖޫރިމަނާކޮށް، އެމީހަކު ދާން ޖެހޭނީ 14 ދުވަސް ހަމަކުރަން ކަރަންޓީނު ފެސިލިޓީއަށް ކަމަށެވެ.
މީގެއިތުރުން ފުލުހުން މުއަދު ބުނީ މާލެ ސަރަހައްދުގައި ޑިއުޓީ އަދާ ކުރަމުންދާ ފުލުހުން މިއަދުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ބަދަލު އަންނަންދެން ގެއަށް ނުދާނެ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ނަވީން ވިދާޅުވީ ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރޭކަމަށް ސިއްހީ މާހިރުން ވިދާޅުވުމާއި އެކު ފުލުހުންގެ އާއިލާތަކާއި ފުލުހުންގެ ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން މިއަދު އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ މިހާރު ނިންމިފައިވަނީ ޑިއުޓީ ނިންމާ ފުލުހުން ވަކި ތަނެއްގައި ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. މިގޮތަށް އަމަލު ކުރާނީ ކަމާ ބެހޭ ފަރާތްތަކުން ހާލަތައް ބަދަލު އައިކަން އަންގަންދެން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް މާލެ ސަރަހައްދު ބަންދުކޮށްފައިވާއިރު އާންމު ހިދުމަތުގައި ނިންމަން ޖެހޭ ހުރިހާ ނިންމުންތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ މި އެންގުމާއި އެއްގޮތަށް ފުލުހުން ހިދުމަތުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތުން މިހާރު މާލޭގެ އެކި ތަންތަނުގައި ތާށިވެފައި ތިބި މީހުންނަށް ދިރިއުޅޭ ތަނަކަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. ގެއަށް ދާން ބޭނުންވާ ފަރާތްތަކުން ފުލުހުންނަށް ގުޅުމަށް އިލްތިމާސްކޮށްފައިވާއިރު، މަގުމައްޗަށް ނިކުންނަ ހުރިހާ ބޭފުޅުންވެސް އައިޑީކާޑު ގެންގުޅުމަށް ފުލުހުން އެދެއެވެ.
އެޗްޕީއޭއިން ވަނީ މިއަދު 24 ގައިޑިއިރަށް މާލެ ލޮކްޑައުން ކޮށްފައެވެ. މި އިއުލާނު ކޮށްފައިވަނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެއްސަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު