މުއްދަތެއް ނެތް ގޮތަށް ސިވިލް ކޯޓު ބަންދުކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މިއަދު މާލެއިން ފެނިފައިވާތީ އެހެން ގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 އިން ފެށިގެން އެ ކޯޓު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.
ކޯވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރު ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި 54 މީހަކު ފާހަގަވެފައިވާ ކަމަށެވެ.،އޭގެތެރެއިން 11 މީހެއްގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތެއް މިއަދު މާލެ އިން ފެނިފައިވާތީ، އެހެންގޮތަކަށް ކަނޑައަޅަންދެން މިއަދު 11:45 ން ފެށިގެން މިކޯޓު ބަންދުކުރެވިފައިވާކަމަށާއި، ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލަތައް ކެންސަލްކުރެވިގެންވާ ކަމުގައި ދެންނެވީމެވެ.
— MV Civil Court (@MVCivilCourt) April 15, 2020
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި 54 މީހަކު ފާހަގަވެފައިވާ ކަމަށެވެ.،އޭގެތެރެއިން 11 މީހެއްގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު