މިރޭ ނުކުމެ އުޅުނު ބިދޭސީ ބަޔަކާ ފުލުހުން ސުވާލު ކުރަނީ
މިރޭ ނުކުމެ އުޅުނު ބިދޭސީ ބަޔަކާ ފުލުހުން ސުވާލު ކުރަނީ
މުޅި މާލޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކުގައި ނުވަތަ އެއްޗެއް ގަންނަން ބޭރަށް ދިއުމުގެ ކުރިން ގުޅާނެ ފޯން ނަމްބަރު ފުލުހުން އާންމުކޮށްފިއެވެ.

ލޮކްޑައުންގެ ވަގުތުގައި ޒަރޫރީ އެއްޗެއް ގަތުމަށް ބޭރަށް ދިއުމުގެ ކުރިން 3034444 ނަމްބަރު ފޯނަށް ގުޅައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ގާއިމްކޮށްފައިވާ ޕޮލިސް ކްލާސްޓާގައި ރަޖިސްޓްރީވުމަށް ފުލުން ވަނީ އެދިފައެވެ.

އަދި އެގޮތަށް ބޭރަށް ނުކުމެ އުޅޭއިރު އަބަދުވެސް އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ގެންގުޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މާލޭ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށްފައިވާއިރު މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅިފަޅާއި، ތިލަފުށީގައި މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ރަށްތަކަށް ދެމެންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފައެވެ. މި ދަނޑިވަޅުގައި ފުލުހުން ވަނީ އެއްވެސް ބޭނުމެއް ޖެހިއްޖެނަމަ ފުލުހުންނަށް ގުޅައި އެހީތެރިކަން ހޯދުމަށް ވެސް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން