މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ސީދާ ކޮންޓެކްޓްވި މީހަކު ބައްޔަށް ޕޮޒިޓިވްވެ މާލެތެރެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ދޭކަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ އޭނާ މިހާރުވެސް ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށެވެ. މިމީހާ ޕޮޒިޓިވް ވުމާއެކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހީން އަދަދު ހަތަކަށް އެރީއެވެ.
އެޗްޕީއޭއިން މިއަދު ވަނީ މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވް ވުމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަން ފަށާފައެވެ. އެގޮތުން މާލެ ސިޓީ މިހާރުވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާ ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ މިހާރު މިވަނީ އާންމުންގެ ތެރޭގައި ބަލި ފެތުރެން ފަށާފައެވެ. އަދި މިއަދު ޕޮޒިޓިވް ވީ މީހާއާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ އެފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައި ވެއެވެ.
އެގޮތުން މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހާއާއި ސީދާ ގުޅުން ހުރި މީހަކު ދަތުރު ކޮށްފައިވާތީ މާލެ އަތޮޅު ކާށިދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައި ނުވަތަ އަރާފެއިބުން ވަގުތީ ގޮތުން ހުއްޓުވާފައެވެ. މީގެއިތުރުން މިއަދު ޕޮޒިޓިވް ވި މީހާ ދިރިއުޅޭގެ ކަމަށްވާ މާލެ ސިޓީ، މާފަންނު ޖަރީމާގެވެސް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނަސްފައެވެ. އަދިނ ހުއްދަ ނެތި އެގެއަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު