މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޯޕީޑީ ޚިދުމަތް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ޚިދުމަތްތަކާއި ބައެއް ކްލިނިކަލް ޚިދުމަތްތައް މެދުކަނޑާލާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އައިޕީޑީ ޚިދުމަތާއި އެމަޖެންސީ ޚިދުމަތްތައް އެ ހޮސްޕިޓަލުން ދެމުން ގެންދާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އާދީއްތަ ދުވަހުން ފެށިގެން އެ ޚިދުމަތްތައް ދޭނެ ވަކި ގޮތެއް އަންނަ ހޮނިހިރު ދުވަހު އަންގާނެ ކަމަށް ވެސް އައިޖީއެމްއެޗްގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗްގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ކްލިނިކެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެޕޮއިންޓްމެންޓަކާ ނުލާ ވެސް އެ ކްލިނިކުން ޚިދުމަތް ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މާލޭން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓްވި 54 މީހަކު އެކަހެރި ކޮށްފައިވާއިރު، އޭނާއާ އެހެނިހެން ގޮތް ގޮތުން ބައްދަލުވި އިތުރު 50 އަށްވުރެ ގިނަ މީހުން މި ވަގުތަށް ގޭގައި މަޑު ކުރަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ބައްޔަށް ޓެސްޓް ކުރަން 11 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އަދި ސީދާ ކޮންޓެކްޓްވީ އެކަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު