މާލޭގައި ކުރު ކާފިއު ހިންގާފައި އޮތް ދުވަސްވަރު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މާލޭގައި ކުރު ކާފިއު ހިންގާފައި އޮތް ދުވަސްވަރު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މާލެސިޓީ ގައި ރެޑް އެލަރޓް އިއުލާނުކޮށްފައި ވަނިކޮށް، މާލެއިން ތުއްތު ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެއިން ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ ބުދަ ދުވަހު ހެނދުނު މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާގެ ދަރިފުޅު ކަމަށެވެ.

މިއީ މާލެއިން ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ ދިވެހި މީހާއެވެ.

މާލެއިން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު، މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. އެޗްޕީއޭއިން ބުނީ މާލެއަށް ރެޑް އެލާޓް އިއުލާނުކޮށްފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން މ. ޖަރީމާގެއާއި، ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އަދި ސ.ހިތަދޫ، ނޫމަސްވާދީ އާއި މާލެ އަތޮޅު ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން މިރޭ ކުރި އިތުރު ޓްވީޓެއްގައި ވަނީ މިއަދު ނެގި 11 ސާމްޕަލްގެ ތެރެއިން 10 ސާމްޕަލް ބައްޔަށް ނައްސި ވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން