އިމިގްރޭޝަންގެ މައި އޮފީހުން ބަޔަކު ޚިދުމަތް ހޯދަނީ
އިމިގްރޭޝަންގެ މައި އޮފީހުން ބަޔަކު ޚިދުމަތް ހޯދަނީ
މާދަމާ އިން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ވޯކް ވިސާ އާއި ބައެއް އެހެނިހެން ވިސާ ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.

އިމިގްރޭޝަނުން ބުނީ ވިސާ ޑިވިޝަން ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އެ އެއޮފީހުގެ ހޮޓްލައިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭނުންވާ މައުލޫމާތުތައް ދެމުންގެންދާނެ ކަމަށެވެ.

އެގޮތުން އެ އޮފީހުގެ ވޯކްވިސާގެ ކަންކަމުގައި 9199153 ނަމްބަރު އަދި އެހެނިހެން ހިދުމަތްތައް ހޯދުމަށް 9199157 ހޮޓްލައިން ނަންބަރުގެ ހިދުމަތް ހެނދުނު 10:00 އިން އިރުއޮއްސި 18:00 އާ ހަމައަށް ދެމުން ގެންދާނެ ކަމަށެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން މާލެ ސަރަހައްދުގައި ވަނީ މިއަދު 15:30 އިން ފެށިގެން 24 ގަޑި އިރަށް ލޮކްޑައުން އިއުލާނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން