ދަމާކާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު.
ދަމާކާ ފިލްމުގެ ފުރަތަމަ ޕޯސްޓަރު.
ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރިޔަންގެ އެންމެ ފަހުގެ ފިލްމް، ދަމާކާގެ ޕޯސްޓަރު އާންމު ކުރުމާއެކު ނެޓްފްލިކްސްގެ ޓީވީ ޝޯ، މަނީ ހެއިސްޓްގެ ޕްރޮފެސަރާ ވައްތަރު ކަމަށް ގިނަބަޔަކު ފާހަގަކޮށްފިއެވެ.

ފިލްމް، ދަމާކާ ގެ ފުރަތަމަ ޕޯސްޓަރުން ފެނިގެންދަނީ އައިނެއް އަޅައިގެން ކޯޓު ފަޓުލޫނުގައި ހުރި ކާރްތިކް އާރިޔަން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުއްޓައެވެ. އަދި ކުޑަދޮރުގެ ބިއްލޫރިގަނޑުން ފެންނަމުންދާ ކާރްތިކްގެ ހިޔަނިން ނެޓްފްލިކްސްގެ ޓީވީ ޝޯ މަނީ ހެއިސްޓްގެ ޕްރޮފެސަރާ ވަރަށްވެސް ވައްތަރެވެ.

ކާރްތިކް އާރިޔަން އާންމުކޮށްފައިވާ ފޮޓޯ އިން ކާރްތިކް ދެން ފެނިގެންދާނީ ހިންދީ ފިލްމު ދަމާކާ އިންކަން ހާމަވެގެންދެއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުއެވެ.

ދަމާކާގައި ކާރްތިކް ފެނިގެންދާނީ އިންޑިޔާގެ މުމްބާއީގައި ހިނގާދިޔަ ހާދިސާއެއްގެ މަޢުލޫމާތު ގެނެސްދޭ ނޫސްވެރިއެެއްގެ ގޮތުގައެވެ. ދަމާކާ ޑައިރެކްޓް ކޮށްފައިވަނީ ރާމް މާދަވާނީ އެވެ. މި ފިލްމްގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވަނީ ރާމް މާދަވާނީ ފިލްމު ކުންފުނި އަދި އާރްއެސްވީޕީ ކުންފުނިންނެވެ.

ފިލްމު ދަމާކާ ފެނިގެން ދާނީ ތުރިލާ ފިލްމެއްގެ ގޮތުގައެވެ. މި ފިލްމުގެ ސްކްރީން ޕްލޭއިން އަސަރުގަދަ ޑްރާމާ ސީންތަކެއް ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން