މިވަގުތަކީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލައި، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމުގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދުފައުވާ މި ހައްސާސް ދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށްވެ އެކަކު އަނެކަށް އެހީތެރިވެ އަޅާލައި އެކުވެރިކަމުގެ ރީތި ސިފަ އިސްކުރުމަށް ސަރުކާރުގެ އިސް ފަރާތްތަކުންނާއި އަދި ބައެއް ސިޔާސީ ބޭބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
“އެކަކު އަނެކަކަށް އެހީތެރިވެ އަޅާލައި، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، މުޖުތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް. މިފަދަ ކަންކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން.” ދާޚިލީ ވަޒީރު އިމްރާން އަބުދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
މިވަގުތު ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، މުޖުތަމައުގައި ބިރުވެރިކަން އުފައްދަން މަަސައްކަތް ކުރުމަކީ، ނުބައިކަން ބޮޑު ކަމެއް ކަމަށް އިމްރާން ވަނީ ސިފަކުރައްވާފައެވެ.
ޝައިޚް އިމްރާން މިފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައި ވާއިރު މިހަފުތާގައި މާލެތެރޭގައި ހިންގާފައިވާ ބޮޑު ދެވައްކަމެއްގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާއިރު ބުދަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އދ. މަހިބަދޫ ފަޅުތެރޭގައި އަޅާފައި ހުރި ލޯމްޗްތަކެއްގައި އަލިފާން ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މިއީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ހިނގާފައިވާ ހާދިސާއެއްކަމަށް ޕޮލިސް ކޮމިޝަނަރ ވެސް ވަނީ ވިދާޅުވެފައެވެ.
ދާޚިލީ ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ކޯވިޑް-19 އަށް ޕޮޒިޓިވް މީހެއް މާލެއިން ފެނުމުގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި ސަލާމަތީ ބާރުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވިދާޅުވެފައި ވަނީ މިވަގުތު ކޯވިޑް-19 ގެ ކަންތައްތަކަށް ބޮޑު ފޯކަސްއެއް އޮތް ނަމަވެސް ސަލާމަތީ ޚިދުމަތްތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު