މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ގަލޮލުގައި ހުރި ގެއަކުންކަމަށާއި މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އޭނާ މަރުވެފައި އޮތްކަން ރިޕޯޓްކޮށްފައިވަނީ މިއަދު 11:57 ހާއިރުކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަކަށް ގެންގޮސްފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ގަލޮޅު ގެއެއްގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިފައިވާއިރު، މާލޭގެ ދެކުނު ފަރާތު މޫދުންވެސް މިއަދު ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ. މިމީހާއާބެހޭ އިތުރު ތަފުސީލެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން