ކޯވިޑް-19 އަށް ޕޮޒިޓިވް ތިންވަނަ މީހަކު މާލެ ތެރެއިން ފެނިއްޖެއެވެ. މި މީހާ އަކީ މާލެއިން ފުރަތަމަ ފެނުނު މީހާ އާއި ސީދާ ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
މިއީ މިހާރު އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ކަމަށާއި، މިއީ މި ބައްޔަށް ޕޮޒިޓިވްވި ދިވެހި 8 ވަނަ މީހާ ކަމަށް އެޗްޕީއޭގެ ޓްވީޓްގައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިތުރު ޓުވީޓެއްގައި ބުނީ 14 މީހެއްގެ ފަރާތުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ހުޅުލެ އައިސޮލޭޝަން ފެސިލިޓީ (އެޗްއައިއެފް)ގައި އެކަހެރިކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވެފައިވާ މީހުން ކަމަށެވެ.
އެ އަންހެން މީހާގެ އިތުރުން މިއަދު މާލެއިން ވަނީ ތުއްތު ކުއްޖެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ދެވަނައަށް ޕޮޒިޓިވްވީ އަންހެން މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ. އެ ކުއްޖާއަކީ އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.
އެ ކުއްޖާގެ ސާމްޕަލްގެ އިތުރުން ފުރަތަމަ ޕޮޒިޓިވްވީ މީހާއާ ސީދާ ބައްދަލުވެފައިވާ ދިހަ މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އެ ދިހަ މީހުންގެ ތެރޭގައި އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. އެ އެންމެންގެ ނަތީޖާ ވަނީ ނެގަޓިވްވެފައެވެ.
މާލެ ތެރޭގައި ކޮވިޑް-19 ފެތުރެން ފެނުމުން މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން މާލޭގައި މިވަގުތު ވަނީ ލޮކްޑައުން އިއުލާނުކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި މީހުން ގެއިން ބޭރަށް ނުކުތުމާއި މާލޭ ބަނދަރުން އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު