މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ވައިރަސް އިންސާނުންގެ ތެރެއަށް ފެތުރެން ދިމާވީ މަގުމަތީގައި އުޅޭ ކުއްތާތައް، ވައިރަސް ޖެހިފައިވާ ވާލުގެ މަސްކެޔުމުންކަމަށް ކެނެޑާގެ ޔުނިވަރސިޓީ އޮފް އޮޓާވާއިން ކުރި ދިރާސާއަކުން ދައްކައިފިކަމަށް ސްކައިނިއުސް އިން ރިޕޯޓުކޮށްފިއެވެ.
ކޯވިޑް-19ގެ ފެށުމަކީ ވާ ކަމަށް ގިނަ ސައިންސްވެރިން އެއްބަސްވާއިރު، އިންސާނުންގެ ގަޔަށް ވައިރަސް އެރުމުގެ ކުރިން އެހެން ޖަނަވާރެއްގެ ގަޔަށް ވައިރަސް އަރާފައިވާކަމަށްވެސް ސައިންސްވެރިން ގަބޫލުކުރެއެވެ. އެ ޖަނަވާރަކީ "ޕެންގޯލިން" ނަމަކަށް ކިޔާ ޖަނަވާރެއްކަމަށް ބައެއް ސައިންސްވެރިން ބުނެފައިވާއިރު، ޔުނިވަރސިޓީ އޮފް އޮޓާވާގެ ބައިލޮޖީ ޑިޕާރޓްމަންޓްގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ޒުހުއާ ޒިއާ ވިދާޅުވަނީ ވާލާއި އިންސާނުންނާއި ދެމެދުގައިވާ ޖަނަވާރަކީ މަގުމަތީގައި އުޅޭ ކުއްތާކަމަށެވެ.
ޕްރޮފެސަރ ޒިއާ ވިދާޅުވީ އޭނާގެ ޓީމުންކުރި ދިރާސާއިން ދެއްކި ގޮތުގައި ވާ ކެޔުމުގެ ސަބަބުން ވާލުގައި ހުރި ކޮރޯނާވައިރަސް، ކުއްތާގެ ގޮހޮރު އިންފެކްޓްކޮށްފައިވާކަމަށެވެ. އަދި ވައިރަހަށް ބަދަލު އައިސްފައިވަނީ ކުއްތާގެ ގޮހޮރުގައި ހުރެގެން ކަމަށާއި، އިންސާނުންގެ ގަޔަށް ވައިރަސް އެރީ އޭގެ ފަހުންކަމަށް ޒިއާ ވިދާޅުވެއެވެ.
ޕްރޮފެސަރ ޒިއާ ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ވައްތަރު ކަމުގައިވާ ސާރސް-ކޯވް-2 ގެ ޖީނޯމާއި އެންމެ ވައްތަރު ޖީނޯމެއް ހުންނަނީ ކޭނައިން ކޮރޯނާވައިރަހުގެ ވައްތަރުތަކުގައިކަމަށެވެ. ޒިއާ ވިދާޅުވީ ފަހުގެ ރިޕޯޓަކުން ދައްކާފައިވާ ގޮތުގައި ކޯވިޑް-19 ޖެހޭ ގިނަ މީހުންނަށް ހަޖަމުގެ ނިޒާމުގެ އުނދަގޫތައް ކުރިމަތިވާކަމަށާއި، މިއީ އޭނާގެ ދިރާސާގެ ނަތީޖާއަށް ބާރުދޭ ރިޕޯޓެއް ކަމަށެވެ.
މިހާތަނަށް ދުނިޔެއިން 2 މިލިއަނަށްވުރެ ގިނަމީހުންނަށް ބަލި ޖެހިފައިވާއިރު، ކޯވިޑް-19 ގެ ބަލިމީހުންގެ ތެރެއިން 48.5 އިންސައްތަ މީހުން ހަޖަމުގެ ނިޒާމުގެ އުނދަގޫތައް ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު