މިއަދު މާލެއިން ފުރަތަމަފަހަރަށް ކޯވިޑް-19ގެ ބަލިމީހަކު ފެނުމާއި ގުޅިގެން މާލެ ފުރަ ބަންދަކަށް ގެނެސްފައިވާއިރު، މާދަމާ ވާނެގޮތް ބުރަވަނީ މިހާރުންފެށިގެން އަޅުގަނޑުމެން އަމަލުކުރާ ގޮތެއްގެ މައްޗަށްކަމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުޙަންމަދު ވިދާޅުވެއްޖެއެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި ޝިފާ ވިދާޅުވީ ދެންވާނީ ކިހިނެއްކަން ނިންމާނީ އަޅުގަނޑުމެން އެންމެންކަމަށެވެ. އަދި ގޭގައި ތިބުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ޝިފާ ވިދާޅުވީ މާދަމާ ވާނެ ގޮތް ބުރަވަނީ މިހާރުން ފެށިގެން އަޅުގަނޑުމެންގެ އަމަލުތައް ބައްހަްްޓާ ގޮތެއްގެ މައްޗަށް ކަމަށެވެ.
ގިނަގިނައިން އަތްދޮވުމަށާއި، ޖިސްމާނީ ގައިދުރުކުރުމުގެ އުސޫލު ގެންގުޅުމަށްވެސް ޝިފާވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އިއްޔެއާއި ރެއާއެކު ޖުމްލަ ތިން މީހަކު މާލެއިން ބައްޔަށް ޕޮޒިޓުވް ވެފައިވާއިރު އިއްޔެ މާލެއިން ޕޮޒިޓިވްވި މީހާއާއި ސީދާ ކޮންޓެކްޓްވި ގިނަ ފަރާތްތަކެއް މިހާރު ވަނީ އެކަހެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު