މާލޭގެ މަގުމަތީގައި އުޅޭ ކަމަށް ބުނާ މީހުން
މާލޭގެ މަގުމަތީގައި އުޅޭ ކަމަށް ބުނާ މީހުން
މާލޭގައި ގެދޮރުނެތި މަގުމަތީގައި ދިރިއުޅެމުންދާ މީހުންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރާއި ރެޑްކްރެސެންޓް ގުޅިގެން ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ މާލޭގައި މަގުމަތިވެފައިވާ މީހުންނަށް މާފަންނު ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ވަނީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކާބޯތަކެތި ފޯރުކޮށްދީފައި ކަމަށެވެ.

ފުލުހުން ބުނީ، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ސަރުކާރުން އެ މީހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މާލޭގެ މަގުމަތީގައި ބަޔަކު ދިރިއުޅޭކަން ބައެއް މީޑިޔާތަކުން ރިޕޯޓް ކުރި ނަމަވެސް ސަރުކާރުގެ ރަސްމީ އިދާރާއަކުން މީގެކުރިން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މާލޭ ލޮކްޑައުން ކުރުމުން މިކަން މިވަނީ ރަސްމީކޮށް ހާމަވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ތިން ދިވެއްސަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރެޑް އެލާޓް އިއުލާންކޮށް، 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން