މާލޭގެ ޖުމުހޫރީ މައިދާނަށް ޖައްސާފައިތިބި ކޮތަަރުތަކުގެ ތެރެއިން ކޮތަރަކަށް ބަނޑުހައިވެފައިވާ ބުޅަލެެއް ހަމަލާދީ ކޮތަރު ޝިކާރަ ކޮށް ތުނބުލައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ޖުމުހޫރީ މައިދާނުގައި ޖައްސާފައި ތިބި ކޮތަަރުތަކުގެ ތެރެއިން ކޮތަރަކަށް ބުޅަލެެއް ހަމަލާދޭ މިވީޑިއޯ ޝޯޝަލް މީޑިޔާގައި މިހާރު ވަނީ ވަރަށް ބިޑަށް ދައުރުވާން ފަށާފައެވެ. ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ މިވީޑިއޯ އިން ފެންނަނީ ޖުމުހޫރީ މައިދާން ކައިރީގައި އޮތް ކަޅުކުލައިގެ ބުޅަލެއް ކުއްލި އަކަށް ކޮތަރަކަށް ހަމަލާދީ އެސޮރު ޝިކާރަ ކުރާ މަންޒަރެވެ.
ވަރަށް ހުޝިޔާރު ކަމާއެކު ބުޅާ ކޮތަރު ޖަހައިގަނެގެންދާއިރު އެ ސަރަހައްދުގައި މީހުން ވެސް ތިބޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ. މި އަނިޔާވެރި އަމަލު ހުއްޓުވަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ.
ބުޅާ ކޮތަރަކަށް ހަމަލާދީ އެސޮރު ޝިކާރަކުރުން ފަދަ މަންޒަރު ތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރަކަށްވާތީ މި ވިޑިއޯ ކުރި ފަރާތުން ވެސް އެއަމަލު ހުއްޓުވަން ނޫޅުނީ ކަމަށް ވެދާނެއެވެ. ބުޅާ އާންމުކޮށް ކައިއުޅެނީ މީދަލާ ރޯމަސް ފަދަ ބާވަތް ތަކެވެ.
ޖުމުހޫރީ މައިދާނަށް އައިސް އުޅޭ ކޮތަރުތަކުގެ ސަބަބުން އެސަރަހައްދަށް ވަރަށް އުފާވެރިކަން ލިބި އެސަރަހައްދަށް ހިތްހަމަ ޖައްސާލައި ތަފާތު މާހައުލެއްގެ އިހުސާސް ކޮށްލަން ގޮސް އުޅޭ ކުޑަކުދިންނާއި އެކި އުމުރުފުރައިގެ މީހުންނަށް ލިބޭ އިތުރު ހިތްހަމަ ޖެހުމަކާއި އުފާވެރި ކަމަކަށް މި މަންޒަރު ވަނީ ވެފައެވެ.
ޖުމުހޫރީ މައިދާނަށްދާ ކުޑަކުދިންނާއި ބޮޑެތި މީހުން ކޮތަރުތަކަށް ކާންދީ ހަދައެވެ. މީގެކުރިން ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ކޮތަރުތަކަށް ކާންދޭނެ ބަޔަކު ނުވެ ކޮތަރު ތައް މަރުވާން ފެށުމުން އެކޮތަރުތަށް ބެލެހެއްޓީ ފުލުހުންނެވެ.
އެހެންކަމުން މި މަންޒަރަކީ ގިނަ މީހުންނަށް އެހާ ހިތްގައިމު މަނަޒަރަކަށް ނުވިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު