މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީގެ އިސް އިމާމް، ޝައިޚް އަލް ސުދައިސް
މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީގެ އިސް އިމާމް، ޝައިޚް އަލް ސުދައިސް
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބަލިމީހުންގެ ޝިފާ އަވަސްކުރުމަށްޓަކައި ޒަމްޒަމް ފެން ދިނުމަށް މަސްޖިދުލް ހަރަމާއި، މަސްޖިދުއް ނަބަވީގެ އިސް އިމާމް، ޝައިޚް އަލް ސުދައިސް އަމުރުކުރައްވައިފިއެވެ.

ހަރަމައިން ޝަރީފައިންގެ ޓްވިޓަ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބަލިޖެހިފައިވާ މީހުންނަށް ޒަމްޒަމް ފެން ދިނުމަށް ޝައިޚް ސުދައިސް އަމުރުކުރެއްވި ކަމަށެވެ. ނަމަވެސް ޒަމްޒަމް ފެން އެމީހުންނަށް ފޯރުކޮށްދޭނެ ވަކި ގޮތެއް އަދި އަންގަވާފައި ނުވިނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މީގެ އިތުރު ތަފްސީލް ހާމަވެގެންދާނެކަމަށް ދަ އިސްލާމިކް އިންފޮރމޭޝަނުގައި ރިޕޯޓުކޮށްފައި ވެއެވެ.

ޒަމްޒަމް ފެނަކީ ވަރަށް މާތް މަތިވެރި ދަރަޖައެއް ދެވިފައިވާ ޚާއްޞަ ފެނެކެވެ. އެފެނުގައިވާ ޤުދުރަތީ މުއްސަނދި މާއްދާތަކުން އެތައް ބަލިމަޑުކަމަކުން ޝިފާ ލިބޭކަން ވަނީ ހާމަވެފައެވެ. މިފެނުގެ ރައްކާތެރިކަމާއި ސާފުކަމާއި ފެނުގައި ބަލިތަކުގެ ޝިފާ ވާކަން މިޒަމާނުގެ ސައިންސްގެ ހޯދުންތަކުންވެސް ވަނީ ފާހަގަކުރެވިފައެވެ.

މަސްޖިދުލް ހަރަމާއި މަސްގިދުއް ނަބަވީގައި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޝައިޚް ސުދައިސް ވަނީ މިސްކިތްތައް ދުވާލަކު 7 ފަހަރު ޑިސްއިންފެކްޓް ކުރުމަށް އަމުރުކުރައްވާ، ޖަރާސީމު މަރާ ވަސީލަތްތައް ލިފްޓުތަކުގައި ހަރުކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް 5،862 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 79 އަށް އަރާފައެވެ.

ކޯވިޑް ނަވާރައާއި ގުޅިގެން މުސްލިމުންގެ މާތް ދެ ހަރަމްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމަށް ތައްޔާރުވާ ފަރާތްތަކުން ވެސް އިހަށް މަޑުޖައްސާލުމަށް ސަޢުދީ ސަރުކާރުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން