ފުލުހުން ރޭ މަގުމަތީގައި އުޅޭ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދެނީ
ފުލުހުން ރޭ މަގުމަތީގައި އުޅޭ ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދެނީ
ބޯހިޔާ ވަހިކަން ނެތި މަގުމަތީގައި ތިބި 42 މީހަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މާލޭގެ މަގުމަތީގައި ދިރިއުޅެމުން ދިޔަ 42 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ރެޑްކްރެސެންޓުގެ އެހީތެރިކަމާއިއެކު މިކަންކަން ކުރިޔަށް ގެންގޮސްދީފައި ވާތީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ މާލޭގައި މަގުމަތިވެފައިވާ މީހުންނަށް މާފަންނު ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ވަނީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކާބޯތަކެތި ފޯރުކޮށްދީފައި ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު 23 އަށް އަރައިފައިވާ އިރު އިއްޔެ ވަނީ މިބައްޔަށް 3 މީހުން ޕޮޒިޓިވް ވެފައެވެ. މި ތިން މީހުންވެސް ފެނިފައިވަނީ މާލެ ތެރެއިންނެވެ. އޭގެ ތެރޭގައި 2 އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަޙައްދަށް ރެޑް އެލާޑް އިއުލާންކޮށް، 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން