މާލޭގެ އޭރިއަލް ފޮޓޯއެއް
މާލޭގެ އޭރިއަލް ފޮޓޯއެއް
މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް 11 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިގޮތުން މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ތަންތަނަކީ، ހުޅުމާލެ ލޮޓް 1109، ހ. ރަތްކުރެދި އާރު، މ. ފީރޯޒްގެ 6 ބީ، މ. ލޯކަށި 3 ސީ، މ. ސޯސަންމާގެ، ހ. ފެނިގެއްލިދާގެ، ހުޅުމާލެ ފްލެޓް 02-2-6، އަމީން އެވެނިއު ޓީކް 905، މ. ނާގޫޝުވިލާ 2ވަނަ ފަންގިފިލާ، ހުޅުމާލެ ލޮޓް 11296 އަދި މއ. އޯކިޑް އެވެ.

މާލެއިން ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، އިތުރު 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. އެޗްޕީއޭއިން ބުނީ މާލެއަށް ރެޑް އެލާޓަށް އިއުލާނުކޮށްފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން