އައިޖީއެމްއެޗް
އައިޖީއެމްއެޗް
ޚާއްޞަ އިންތިޒާމުތަކެއް އެކުލަވާލައިގެން މާބަނޑު އަންހެނުންނަށް ފަރުވާ ދިނުމަށް ތައްޔާރުވެފައިވާ ކަމުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.

މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް މިއަދާއި، ހޮނިހިރު ދުވަހު ބަންދުވާނެއެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ ދެ ދުވަހު ސްޕެޝަލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކްތައްވެސް ބަންދުވާނެއެވެ.

އެހެންނަމަވެސް މި ހާލަތުގައި މާބަނޑު އަންހެނުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. އަސީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މާބަނޑު އަންހެނުން ހޮސްޕިޓަލަށް ވެއްދުމުގައި ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ. ޑރ. އަސީލް ވިދާޅުވީ އޭޕްރީލް އަދި ޖޫން މަހު އައިޖީއެމްއެޗްހައި ވިހަން ނަން ނޯޓު ކޮށްފައި ތިބި މީހުންގެ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެޕޮއިންޓްމަންޓް ހައްދާފައި ތިބި މާބަނޑު އަންހެނުންނަށް ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ކުރިއަށް ގެންދަން ވެސް އައިޖީއެމްއެޗުން ވަނީ ނިންމައިފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޯވިޑް-19 އަށް ތިން މީހަކު ފައްސިވެފައިވާއިރު، މާލޭ ސަރަޙައްދުގެ އެލަރޓް ލެވަލް ރަތަށް ބަދަލުކޮށް، އިއްޔެގެ ހަވީރުން ފެށިގެން 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން