ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑައު
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑައު
ބީބީސީއަށް ދެއްވި އިންޓަރވިއު އެއްގައި ޓްރޫޑައު ވިދާޅުވީ ކުރިން ކަންތައް އޮތްގޮތަށް ރުޖޫޢަވުމަށް އަވަސްވެގަތުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި، އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ވައިރަސް ފެތުރުން މަދުކުރަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެކަމަށެވެ.

އިޤްތިޞާދު މިވަގުތު ހުޅުވާލައިފިނަމަ، މިއަދާއިހަމައަށް ފެތުރުނު މިންވަރަށް ވުރެ ބޮޑަށް ވައިރަސް ފެތުރިދާނެކަމުގެ ބިރު އެބައޮތްކަން ފާހަގަކުރައްވާ ޓްރޫޑައު ވިދާޅުވީ ފޫނުބެދޭ ވަރުގެ ގެއްލުމެއް އިޤްތިޞާދަށްވެސް ކޮށްފާނެކަމަށެވެ. އެހެންކަމުން، މިހާލަތުގައި އިޤްތިޞާދީގޮތުން ވީ އެންމެ ފުރިހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަމަށާއި، އިޤްތިޞާދުގެ އެއްވެސް ބައެއް އަދި ހުޅުވާލެވޭ ހާލަތަށް ކަންކަން އައިސްފައި ނުވާކަމަށް ޓްރޫޑައު ވިދާޅުވިއެވެ.

މިހާރު ކަންކަން އޮތްގޮތަށް އަދި ދޫނުދީ ހިފަހައްޓާލުމަށް ނަސޭހަތްތެރިވެ ޓްރޫޑައު ވިދާޅުވީ ކޯވިޑް-19 ގެ ބިރުވެރިކަން ފިލައި ދިޔުމުން ކަމާއި ގުޅޭ މާހިރުންގެ ލަފަޔާއެކު ވީހާވެސް ރައްކާތެރި ގޮތެއްގައި އިޤްތިޞާދު ހުޅުވާލާނެކަމަށެވެ.

ކެނެޑާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 28,205 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 1,006 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން