ވެމްކޯޯގެ މުވައްޒަފަކު ކުނި އުކުމުގެ މަސައްކަތުގައި
ވެމްކޯޯގެ މުވައްޒަފަކު ކުނި އުކުމުގެ މަސައްކަތުގައި
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ގެތަކުން ކުނި ނަގާނީ ޚާއްޞަ އުސޫލުތަކެއްގެ މަތިންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ އެކުންފުނިން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯސްއަކުން ކަމަށެވެ. ވެމްކޯއިން ވަނީ އެގެތަކުގައި އުޅޭ ފަރުދުން، އެގެތަކުގައި އުފެދޭ ކުނި ގޭގެ ތިރިއަށް ނުގެނައުމަށް އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ބުނީ އެޗްޕީއޭގެ އެންގުމުގެ ދަށުން އެފަދަ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ވެމްކޯއިން މިގޮތަށް ބުނެފައިވާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެތަކުން ކުނިނަގާ އުސޫލަށް މިއަދު އެކުންފުނިންވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާލެއިން ކޯވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ފުރަބަންދާއި ގުޅިގެން ވެމްކޯއިން ބުނީ ދެން ކުނި ނަގާނީ އިމާރާތުގެ ތިރިންކަމަށެވެ.

އެގޮތުން ފުރަމާލެ ސަރަހައްދުން ވެމްކޯއިން ކުނިނަގާނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި 02:00 އާއި ދެމެދުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން