މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކް އަޒީޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ފިލިޕީންސުން ރާއްޖެއައި ބަޔަކާއި، އެޗްއައިއެޗުގައި ތިބި ބަޔަކާއި ބައްދަލުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާ ޚާއްޞަ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެޗްއައިއެޗުން އެއްވެސް ބަޔަކަށް ފިލިޕީންސް ބަޔަކާ ބައްދަލުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ފިލިޕީންސުން އައި ބަޔަކާ އެޗްއައިއެޗުން އެއްވެސް ބަޔަކާ ބައްދަލު ނުވާނެ ކަމަށާއި ފިލިޕީންސުން އައި މީހުން އެޗްއައިއެޗުގައި ބައިތިއްބާފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ ތިކަން ހިނގުމުގެ އެއްވެސް ފުރުސަތެއް ނެތް ވާހަކަ. އެއީ ފިލިޕީންސުން އައި ބަޔަކު އެއްވެސް އިރަކު އެޗްއައިއެޗުގައި ބައިތިއްބާފައި ވެސް ނުވާތީ." މަބުރޫކް ވިދާޅުވި އެވެ.

ފިލިޕީންސުން އައި މީހުން އެޗްއައިއެޗުގައި ތިބި އިރު ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށާއި އޭގެ ފަހުން ވެސް އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަކް މީޑިއާގައި އެކި ކަގަލަ ވާހަކަތައް ފަތުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން މެންޗަސްޓަރ އިން އައި މީހަކާ ޕާޓީއަކުން ބައްދަލުވި ކަމަށް ވެސް ސޯޝަލް މީޑިޔާގައި އަޑުތައް ފަތުރާފައި ވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން، ވަރަށް ގިނަ ދޮގު މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ފަތުރަމުންދާކަން ފާހަގަކުރައްވައި މަބުރޫކް ވަނީ، މިފަދަ ކަންކަމުގައި ޒިންމާދާރު މީޑިއާތަކުން ދޭ މައުލޫމާތުތަކަށް ރައްޔިތުން ބަރޯސާވުމަށް އެދިވަޑައިގެންފަށެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން