ޝައިޚް ޒަމްޒަމް ފާރިޝް
ޝައިޚް ޒަމްޒަމް ފާރިޝް
ބަނގުރާ ޢާންމުކުރަން އުޅުއްވުމަކީ ބާކީ ހުރި ކަންކަމުގެ ފެށުންކަމަށް ވިދާޅުވެ އައްޝައިޚް ޒަމްޒަމް ފާރިޝް އެކަމަށް ގޮވާލެއްވި މެމްބަރުންނަށް ރައްދުދެއްވައިފިއެވެ.

ޝައިޚް ޒަމްޒަމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެގޮތެއް ހޯދަންޖެހޭކަމަށް ވިދާޅުވެ ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް ޢަބްދުލްޙަކީމާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން މިއަދު ފުޅާވެ ހިނގަމުން އަންނަ ކަމަށެވެ.

”މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގަ ރާ ވިއްކަން ހުއްދަދީނީމައި ދެންވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަދައްކަންޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. މި ދައްކާ ވާހަކަ އޮޅުވައިނުލާތި އެއްވެސް ބޭފުޅަކު.“ ޝަހީމް ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ތަރައްޤީކުރާއިރު, މީހުން ދިރިއުޅޭ ރަށްރަށުގައި ވިޔަަސް ބަނގުރާ ވިއްކޭނެފަދަ އިންތިޒާމެއް ހަމަޖައްސަން ޓޫރިޒަމާއި ބެހޭ ޤާނޫނަށް އިސްލާހެއް ގެނައުމަށް މިދިޔަ ބުރާސްފަތިދުވަހު މެންބަރު ޝިޔާން ވެސް ވަނީ ގޮވާލައްވާފައެވެ.

”މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެ ފެސިލިޓީ (ބަނގުރާ ވިއްކޭނެ އިންތިޒާމު) ޤާއިމުކުރެވޭނެ ގޮތް ފަޅުތެރޭގައިވިޔަސް، ވިލެއްގައިވިޔަސް، ކަނޑުތެރޭގައި ވިޔަސް، އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެ ރަށުން ބޭރުގައި ލިބޭނެ އިންތިޒާމު އޮންނަންޖެހޭ.“ ޝިޔާން ވިދާޅުވެފައިވެއެވެ.

މި ވާހަކަތަކަށް ދެއްވި ރައްދުގައި ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ބަނގުރާ ޢާންމުކުރަން އުޅުއްވުމަކީ ބާކީ ހުރި ކަންކަމުގެ ފެށުންކަމަށެވެ. އަދި ބަނގުރާ ޢާންމުކޮށްފައި ދެން އޮތީ މަރިޖުއާނާ ޢާންމުކުރުންކަމަށާއި, ތެޔޮ ބިޑި ޢާންމުކުރުން ކަމަށެވެ. އަދި އެއީ އެ ކިޔާ ބާރުދަށް މަސްތުވާތަކެތިކަމަށް ވެސް ޝައިޚް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން