ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން ހުއްޓާލުމަށާއި އާންމު އެއްވުންތައް މަނާކޮށް އަމިއްލަ ގެ ފިޔަވައި އެހެން ތަންތަނަށް ނުކުމެ ގިނަ މީހުން އެކުގައި އާންމު ތަންތަނަށް އެއްވެ އުޅުން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިރޭ ނެރުއްވި އެންގެވުމުގައި ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށް އަންގަވާފައެވެ. މީގެއިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ ނޫޅުމަށާއި ވަކިން ޚާއްޞަކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހެފުމާއި ދަތުރު ދިއުމާއި މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި އިޖުތިމާޢީ ހަރަކާތްތައް ނުބޭއްވުމަށްވެސް ޑިރެކްޓަރ ޖެނެރަލްގެ އެންގެވުމުގައި ވެއެވެ.
ޑިރެކްޓަރ ޖެނެރަލްގެ އެންގެވުމުގައި ބަލިން ރައްކާތެރި ވުމަށްޓަކާ ކަމާބެހޭ އިދާރާ ތަކުން ދީފައިވާ އިރުޝާދު ތަކާއި އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުތައް ބެހެއްޓުމަށް އަންގަވާފައި ވާއިރު ޒަރޫރީ ބޭނުން ތަކުގައިވެސް ތަންތަނަށް ގޮސް އުޅޭއިރު އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އަންގަވާފައިވެއެވެ.
މީގެކުރިން މާލެއިންނާއި ރިޒޯޓުތަކުންނާއި ސަފާރީ ތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެންގުމަށްވެސް ޑިރެކްޓަރ ޖެނެރަލްގެ އެންގެވުމުގައި ވެއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް މާލެ ފިޔަވައި އެހެން ރަށްރަށުގައިވެސް ޚާއްޞަ ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ މާލެއިން ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ވެފައިވާ 200 އަށްވުރެ ގިނަ މީހުން ދެނެގަނެވި މާލެއާއި ބައެއް ރަށްރަށުގެ ތަންތަން މޮނިޓަރިން ހާލަތަށް ގެނަސްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު