13:12 (05 މެއި 2020)
ފިޓް ޖެހިގެން ރޭ އައިޖީއެމްއެޗަށް ގެންދިޔަ ބަންގްލަދޭޝް މީހާ މީގެކުޑައިރުކޮޅެއް ކުރިން މަރުވެއްޖެއެވެ.
އެޗްޕީއޭއިން ރޭގައި ބުނެފައި ވަނީ އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19 ޖެހިގެން މަރުވި ދެވަނަ މީހާއެވެ. މީގެކުރިން މި ބަލީގައި މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނެކެެވެ.
11:54 (05 މެއި 2020)
ރާއްޖެއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 557 އަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވި މި 6 މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތެކެވެ.
=====================================
23:45 (04 މެއި)
ރާއްޖެއިން އިތުުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމްލަ 551 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ދެންމެ އާންމު ކުރި މި މައުލޫމާތަކީ މިރޭ 11:45 އާއި ހަމައަށް އަދާހަމަ ކޮށްފައިވާ މައުލޫމާތެވެ.
އެންމެ ފަހުން ޕޮޒިޓިވްވި މި 10 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ގެ 5 މީހުންނާއި 5 ދިވެހިންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ވޭތުވެދިޔަ 24 ގަޑީރު ތެރޭގައި ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 24 އަށް އަރާފައެވެ.
==============================================
ރާއްޖެއިން އިތުުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމްލް 541 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ދެންމެ އާންމު ކުރި މި މައުލޫމާތަކީ މިއަދު މެންދުރު 12:30 އާއި ހަމައަށް އަދާހަމަ ކޮށްފައިވާ މައުލޫމާތެވެ.
މިއަދު ޕޮޒިޓިވްވި މި 14 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ގެ 9 މީހުންނާއި 3 ދިވެހިންނާއި ނޭޕާލްގެ 2 މީހުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުން (މެއި 03)
ރަށްރަށުން އައިސް މާލޭގައި ތާށިވެފައި ތިބި މީހުންނާ ބެހޭ އުސޫލަށް ބަދަލުތަކެއް އެބައާދޭ، ކައުންސިލްތަކާ އެބަ މަޝްވަރާ ކުރޭ އަމަލުކުރަން ބޭނުންވާ ގޮތާމެދު، އަދި އުސޫލު އެކުލަވާލުމުގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަންކަން އެބަހުރި، - މަބްރޫކް
23 ސައިޓުގެ ތެރެއިން ހަތް ސައިޓެއް އަދި ފެނުނީ. އެހެން ތަންތަނަށް ބަލާއިރު ބޮޑު ކްލާސްޓާއެއް ފެނުން އެކަށީގެންވޭ. ނަގާ ސާމްޕަލްތަކުގެ ތެރެއިން އިތުރަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ. - ޑރ އަފްޒަލް
އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެއްގެ ހާލު ސީރިއަސްވުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ ނޭވާ ހޮޅި ކައިރީ ފެން ހެދުމުގެ ސަބަބުން ހަށިގަނޑުގެ ތެެރެއަށް އޮކްސިޖަން މަދުވޭ. މިހެންވެ މިއަދު މެންދުރެއް ހާއިރު ވަނީ އެމީހާ ވެންޓިލޭޓަަށް ލާފައި. ހަށިގަނޑުގެ ލޭގެ ޕްރެޝަރު ދަށްވާތީ ބޭސް ދެމުންދޭ. އޭރު ލީއިރަށް ވުރެ ވަކި ހާލަތު ދަށްކަން ފާހަގައެއް ނުކުރެވޭ. - ޑރ މުޙައްމަދު ޢަލީ
ޑީއެޗް11 ގައި ހަ މީހަކު އެބަ ތިބި. އިއްޔެ ވަނީ ޑީއެޗް 11 އިން ޑީއެޗް 16 މީހަކު ބަދަލުކޮށްފައި. 80 އަހަރުގެ މީހާއަށް ފަރުވާދެނީ އޮކްސިޖެންގައި. 46 އަހަރުގެ މީހާއަށް އޮކްސިޖަންގައި ފަރުވާދެނީ. 88 އަހަރުގެ ފިރިހެން މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން. - ޑރ. އަފްޒަލް
މާލެއިން ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން ބިޒްނަސް ޕާމިޓްގެ ގޮތުގައި 14600 އެއްހާ ޕާމިޓް ވަނީ ދީފައި. - މަބްރޫކް
ނަރުދޫއަށް ރައީސްގެ އެންގެވުމަށް ހާއްސަ ވަފުދެއް ވަނީ ގޮސްފައި. މި ދަތުރަށް ފަހު އެރަށުން ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފަށާނީ. - މަބްރޫކް
ނ. ކެނދުކުޅުދޫ ވަނީ އާންމު ހާލަތަށް ގެެނެސްފައި. މަނަދޫގައި 15 ހެލްތު ކެއާ އޮފިސަރުންނަށް އަނީ އައިސޮލޭޓްވާން. މަނަދޫން އެހެން ކަމެއްގައި ގެނައި މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އެމީހުން މިވަނީ އައިސޮލޭޓްވާން އަންގާފައި. މިކަމާއި ގުޅިގެން މަނަދޫގެ ހޮސްޕިޓަލުން މީހުން ބަލައި ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައި - މަބްރޫކް
މިވަގުތު މާލެ ފިޔަވާ ޕޮޒިޓިވް ކޭސް ފެނިފައިވާ ރަށްތަކަކީ ހއ. އުލިގަން، ށ. ނަރުދޫ، ށ. މިލަންދޫ، ކ. ތުލުސްދޫ އާއި ހއ. ތަކަންދޫ - މަބްރޫކް
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފިއެވެ.

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 8 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 527 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއީ މިއަދުގެ ހަވީރު 5:45 އާއި ހަމައަށް އަދާހަމަ ކުރެވިފައިވާ މައުލޫމާތު ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މި 8 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ތިން މީހަކާއި ދިވެހި ފަސް މީހުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުން (މެއި 02)
މިރޭގެ ޕްރެސް މިހާރުވަނީ ނިންމާލާފަ.
އޮޅިގެން ނުބައި ކުއްޖަކު ކަރަންޓީނަށް ގެންދެވުން. ގެންދެވުނު ކުއްޖާ ނެގެޓިވް. އެކަމަކު ކްލޯޒް ކޮންޓެކްޓެއް. އެ ކުއްޖާގެ މަންމައާއެކު ގެންދިޔައީ. ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދަން ދަނީ މަަސައްކަތް ކުރަމުން. އެ ކުއްޖާއާއި އަނެއް ކުއްޖާގެ ނަމުގައި އަކުރެއްގެ ތަފާތެއް އިނީ.
މިވަގުތު ފޯކަސް ކޮށްގެން މި ތިބި ދެ ކަމަކަށް. އެއް ކަމަކީ ބަލިން އަރައިގަތުން. ދެ ވަނަ ކަމަކީ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ އެމީހުންނަށް މުވައްޒަފުން ގޮވައިގެން އުޅެވޭނެ ވަރުކުރުން. މިވަގުތު ކަންތައްދާ ގޮތުން އިގްތިސޯދަށް އަސަރުކުރާނެ. - މަބްރޫކް
ބިދޭސީން ކަރަންޓީން ކުރަން ނިންމާފައިވާ އަދަދެއް ސީދާ ބުނާކަށް ނޭނގެ. މިހާރު އައިޑެންޓިފައި ކުރެވިފައި ހުރި 23 ތަނެއް އެބަހުރި. ދެން ހުރި ތަންތަން ހޯދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. - މަބްރޫކް
ރަށަށް ދާން ބޭނުންވާ މީހުންގެ ލިސްޓު ކައުންސިލުތައް މެދުވެރިކޮށް މި ހޯދީ. ކަރަންޓީންކުރެވެން ނެތް ރަށްރަށުގައި އެކަން ކުރާނެ ރިސޯޓުތައް ވެސް ހޯދުމުގެ މަސައްކަތް ކުރާނެ. 14 ދުވަސް ހޭދަކުރަންވާނީ ކަރަންޓީން ފެސިލިޓީއެއްގައި - މަބްރޫކް
ކުރު މުއްދަތުގެ ތެރޭގައި ގެސްޓްހައުސް ތަކުގައި ނޫނީ އާއިލާ މީހެއްގެ ކައިރީ މި އުޅޭ މީހުން ލޮކްޑައުނާހުރެ ނުދެވިފައި ތިބި މީހުން ފުރަތަމަ މި ފޮނުވަން މަސައްކަތް ކުރަނީ. އޭގެ ފަހުން އެެހެން މީހުން ފޮނުވާނެ. - މަބްރޫކް
މިހާރު މި ފާހަގަކުރެވިފައި ހުރި 23 ތަނުގެ އިތުރުން އިތުރު ތަންތަން ވެސް އެބަ ފެނޭ. ދެ ރޫމް އެޕާޓްމަންޓުތަކުގައި 30 އަދި 40 މީހުން އުޅޭ ތަންތަން އެބަހުރި. ބައެއް ތަންތަން އެބަހުރި ވަކި ތަނެއްގައި އުޅޭ ބައެއް ނޫން ނޫނީ ވަކި ތަނެއްގައި ވަޒީފާ އަދާކުރާ ބައެއް ނޫން. ގުޅީފަޅުގައި ނިމިފައި ހުރި ތަނުގައި 600 ޖާގަ. އަދި ދެ ހަފުތާގެ ތެރޭގައި އެތަން ނިންމާލެވޭއިރު 2700 އެއްހާ ޖާގަ އުޅޭނީ. - މަބްރޫކް
އޮން އެރައިވަލް ވިސާ ހުއްޓާލާފައި އޮތީ. ސްޕެޝަލް ވިސާގައި އަންނަ މީހުން ވެސް 14 ދުވަހުގެ ކަރަންޓީނަކަށް ދާންޖެހޭނެ. އަދި ޓެސްޓް ވެސް ހަދަން ޖެހޭނެ. ރިސޯޓުތަކުގެ އޯނަރުންނަށް އެމީހުންގެ އަމިއްލަ ރިސޯޓުގައި ތިބެވެންޏާއި އެތަންތަނުގައި ތިބޭނެ. - މަބްރޫކް
މިއަދު އައު ކޮންޓެކްޓް ތަކެއް ލިބިފައިނުވޭ - ޑރ އަފްޒަލް
އަމާޒު ބޯޓާ ގުޅިގެން އިތުރު 3 ކޭސް ފެނިފައިވާ ކަމަށާއި މިއީ ކްރޫންގެ އާއިލާގެ މީހުން ކަމަށް - ޑރ އަފްޒަލް
މާލޭގައި އެބަ ތިބި އަތޮޅުތަކުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ކޮވިޑްގެ ތަމްރީނުތައް ހޯދަން އައިސް. އެއަށް ފަހު އަތޮޅުތަކަށް ގޮސް 14 ދުވަހުގެ ކަރަންޓީނަކަށް ގޮސް އަނބުރާ މަސައްކަތަށް ނިކުންނާނެ. - މަބްރޫކް
ތަމަސެކް ފައުންޑޭޝަން - 5000 ޓެސްޓް ކިޓް، ކްރައުން ކޮމްޕެނީގެ ޑިރެކްޓަރުގެ ފަރާތުން - 300 ޕީޕީއީ، މޯލްޑިވްސް ޓްރެވެލް އެކްސްޕާޓްގެ ކޮންސަލްޓިން މެނޭޖަރު - 200 ޕީޕީއީ، ވެލާ ޕްރައިވެޓްގެ ވެރިފަރާތުން 10000 ޓެސްޓް ކިޓް - މަބްރޫކް
ޗައިނާގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި އެހީ ރާއްޖެ ލިބިއްޖެ. ޑިސްޕޯސަބަލް މާސްކް 209080. އެން95 11500 އަދި ކޭއެން95 މާސްކް 9000. 500 ގޮގުލްސް، މެޑިކަލް ސޫޓު 50. ޓެސްޓް ކިޓްގެ 10000. ވެންޓިލޭޓަރުގެ 10 ލިބިފައިވޭ. - މަބްރޫކް
245 މީހަކަށް މިއަދު ވަނީ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދީފައި - މަބްރޫކް
މާލޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މިހާރު ތަމްރީން ކުރަމުންދާ ކަމަށާއި އެމީހުން ތަމްރީން ވުމަށްފަހު އަނބުރާ ރަށަށްދާނެ - މަބްރޫކް
ބިދޭސީން މަސައްކަތް ކުރާ ތަންތަނުގައި ތޮއްޖެހުން މަދުކުރުމަށް 113 މީހަކު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެ. ހުޅުމާލޭގައި ހުންނަ ތަނަކަށް 130 މީހުން ބަދަލުކުރެވޭނެ - މަބްރޫކް
އެސްޓީއޯގެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާތީ އެސްޓީއޯގެ ސްޕަމާކެޓް އަދި އެސްޓީއޯ ޓްރޭޑް ސެންޓާ އަދި ލޭބާ ކުއާޓާސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި. މިހާރު އެތަން ޑީކޮންޓިމިނޭޓް ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. މިރޭ 11 ހާއިރު އެ މަސައްކަތް ނިމޭނެ. އީ ސްޓޯގެ ހިދުމަތް އޮތީ ހުއްޓިފައި. މާދަމާ އަލުން ހުޅުވާނެ. - މަބްރޫކް
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފެށިއްޖެ.
=================================================
21:00 (02 މެއި 2020)
ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 05 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިއަދުގެ 21:00 އާއި ހަމައަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ވާގޮތުން އެންމެފަހުން ޕޮޒިޓިވް ވި މި 05 މީހުންގެ ތެރޭގައި ހިމެނެނީ 04 ދިވެހިންނާއި ސްރީލަންކާ މީހެކެވެ.
މިޙަރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލައަކީ 519 އެވެ.

19:45 (02 މެއި 2020)
ކޯވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 23 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިއަދުގެ 19:00 އާއި ހަމައަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ވާގޮތުން މިއަދު ޕޮޒިޓިވް ވި މި 23 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

00:03 (02 މެއި)
ރާއްޖޭން ކޯވިޑް-19 އަށް އިތުރު 10 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިފަހަރު ޕޮޒިޓިވް ވެފައިވަނީ 5 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުންނާއި، އިންޑިޔާ 2 މީހުން ކަމަށެވެ.
މިހާރު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ވަނީ 491 އަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުން (މެއި 01)
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ވަނީ ނިންމާލާފައި. މާދަމާ މެންދުރުގެ ޕްރެސްގައި އައިޖީއެމްއެޗުގެ ފަރާތުން ބައިވެރިވާނެ.
ނޮން ކްލާސްޓާތަކަކުން ކޭސްތައް ފެނުމަކީ ސްޕްރެޑްވާ ވަކި ކަހަލަ ތަނަކުންނޭ މި ފެންނަނީ. އެމީހުން އެކަކު އަނެކަކާއި ބައްދަލުވާ ތަންތަނާއި އެކޮމޮޑޭޝަނަށް ބަލާއިރު ވެސް ލައިކްލީ އެމީހުންނަށް ޖެހޭނެ ކަމަށް. - ޑރ އަފްޒަލް
އަދި ޕްރިޑިކްޓް ކުރެވެނީ ޕޮސިޓިވްވާ އަދަދު އިތުރުވާނެ ކަމަށް. - ޑރ އަފްޒަލް
މި ބޮޑުވަނީ ކްލަސްޓަރތައް. ވަކިވަކި އާ ކްލަސްޓާތައް ނުފެނުމަކީ ޕޮޒިޓިވް ކަމެއް - ޑރ އަފްޒަލް
ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އެބަކުރެވޭ. ހައްލެއް ނުލިބުނަސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް މި ބަލަނީ. މިއީ ބިދޭސީންގެ މައްސަލައިގައި އަޅުގަނޑުމެންނަށް މިވަގުތު ކުރެވޭނެ ކަމަކީ - މަބްރޫކް
ރާއްޖެއަށް ތައްޔާރުވުމަށްޓަކައި ކަންކަން ހުރީ ކުރެވިފައި. އޭގެ ތެރެއިން ނުލިބި ހުރި އެއްޗެހި ނުލިބި ހުރި ސަބަބުން ވެސް މި އަންނަނީ ހާމަކުރަމުން. - މަބްރޫކް
އެއްވެސް ކަހަލަ އަލާމާތެއް ނެތި ވެސް ބައްޔަށް ޕޮޒިޓިވްވޭ އެބަ. އާބާދީގެ ގިނަ ބަޔަކަށް އެއްވެސް އަލާމާތެއް ނުފެނި ބަލި ޖެހުމަކީ އެއްގޮތަކުން ރަނގަޅު ކަމެއް. އަނެއް ކޮޅުން އަލާމާތް ފެނިގެން ހާލު ބޮޑުވާނަމަ ފަރުވާއަށް ދަތިވާނެ. - ޑރ އަފްޒަލް
އދ. ދަނގެތީގައި 79 އަހަރުގެ ފިރިހެނަކު، މަރުވެފައި އޮއްވައި ފެނިފައި ވަނީ. އޭނާގެ ސާމްޕަލް ވަނީ ނެގިފައި. އޭނާގެ ނަތީޖާއެއް ނުލިބޭ. - ޑރ އަފްޒަލް
ނ. މަނަދޫގެ 70 އަހަރުގެ އަންހެނަކު އައީ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް. އޭނާގެ ޓެސްޓް ނެގުން. އޭނާ ނިކުމެގެން ގޮސް، ގެސްޓްހައުސްއަށް ދިޔަ ފަހުން އެނގުނީ ބައްޔަށް ޕޮޒިޓިވްވިކަން. މިހާރު މަނަދޫ އާއި މާލޭގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. - ޑރ އަފްޒަލް
ދަރުމަވަންތައިގައި ތިބި ހަ މީހުންގެ ހާލު ރަނގަޅު. - ޑރ އަފްޒަލް
ޕޮޒިޓިވްވި މީހުންނަކީ މޮނިޓަރިންގެ ހާލަތުގައި ބެހެއްޓުނު ތަނަކުން ޕޮޒިޓިވްވި ތަނެއް. އެހެންވެ އިތުރު ކޮންޓެކްޓުން ފާހަގަކުރެވިފައެއް ނުވޭ - ޑރ އަފްޒަލް
އިއްޔެ ކޭސްތައް ނިސްބަތްވަނީ ބާޒާރުމަތީ ކްލާސްޓާ އާއި ކޮވިޑް ވިލެޖް އަދި ސީސީސީ ކްލާސްޓާއަށް ނިސްބަތްވާ ކޭސްތަކެއް. - ޑރ އަފްޒަލް
މިއަދުގެ މިހާތަނަށް 13 ކޭސްއެއް ފެނިފައިވޭ. ދިވެހި ހަތް މީހުންނާއި ހަ ބިދޭސީން - ޑރ އަފްޒަލް
ނ މަނަދޫ އަދި ހއ ތަކަންދޫ ވަނީ މޮނިޓަރިން އަށް ގެނެވިފައި - މަބްރޫކް
މާލެ އައިސް ރަށްރަށަށް ނުދެވި ތިބި ފަރާތްތަކަށް ދަތުރުކުރެވޭނެ ގޮތްތައް ހާމަކޮށް މާދަމާ ޖެންޑާ މިނިސްޓްރީގެ ފަރާތުން އިއުލާނެއް ނެރޭނެ - މަބްރޫކް
ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް 3 މަސްދުވަހުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި - މަބްރޫކް
ފަރުކޮޅުފުށިން 28 މީހަކު ބަނޑޮހަށް މިރޭ ބަދަލުކުރެވޭނެ - މަބްރޫކް
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

21:43 (01 މެއި)
ރާއްޖެއިން މިއަދުގެ މިހާތަނަށް 13 މީހުން ބައްޔަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ 481 އަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހީންނާއި ބަންގްލަދޭޝްގެ 6 މީހުންނެވެ.
14:26 (1 މެއި)
ހއ. ތަކަންދޫން 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތަކަންދޫ ކައުންސިލުން މިއަދު "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ތަކަންދޫ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން މުޅި ޖުމްލަ 36 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 3 މީހެއް ޕޮޒިޓިވް ވެފައިވާއިރު އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކެއް ހުރި ކަމަށެވެ.
02:30 (1 މެއި )
ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 72 ބަންގްލަދޭޝް މީހުން ޕޮޒިޓިވް ވެއްޖެއެވެ.
މިރޭގެ މިއަދަދާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު މިވަނީ 468 އަށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު ރާއްޖޭގައި ޕޮޒިޓިވް ވި ބަންގްލަދޭޝްގެ ރައްޔިތުންގެ އަދަދު މިވަނީ 252 އަށް އަރާފައެވެ. މިހާތަނަށް ޕޮޒިޓިވްވި ދިވެހީންގެ ޖުމްލައަކީ 145 ކެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އިންޑިއާގެ 49 މީހަކު ވެސް ހިމެނެއެވެ.
މިރޭ ޕޮޒިޓިވް ވި 72 މީހުންނަކީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން ފުލުހުން މިހާރު ބަލަހައްޓަމުންގެންދާ ބަންގްލަދޭޝް މީހުން ދިރިއުޅޭ ތަނެއްގައި ދިރިއުޅޭ މީހުންނެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ އެފަދަ 23 ތަނެއް ފުލުހުން މިހާރު ވެސް ބަލަހައްޓަމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި އެތަންތަނުގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

16:41 (30 އޭޕްރީލް)
ކޯވިޑް-19 އަށް ރާއްޖޭން 95 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މީގެ ތެރޭގައި ހިމެނެނީ 61 ބަންގްލަދޭޝް މީހުންނާއި، އިންޑިއާ 32 މީހުންނާއި، ނޭޕާލް 2 މީހުން ކަމަށެވެ.
މިއާއެކު ރާއްޖޭން މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 396 އަށް އަރާފައެވެ.
15:55 (30 އެޕްރީލް)
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ނިންމަވައިފިއެވެ.
މިކަން އިއުލާންކުރައްވައި ހެލްތު މިނިސްޓަރ ނެރުއްވި ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށެވެ. އަދި މިގޮތަށް ނިންމަވާފައިވަނީ އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމެ ފުރަތަމަ އިޢުލާނު ކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން 10 އޭޕްރީލްގައި ވަނީ އެ ނިންމުން މިއަދުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައެވެ.
01:30 (30 އެޕްރީލް)
ރާއްޖޭން ކޯވިޑް-19 ޖެހިގެން ފުރަތަމަ މީހާ ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އެވެ.
މި ބަލީގައި މަރުވެފައިވަނީ އާމިނަތު އާދަމް ކިޔާ ޢުމުރުން 83 އަހަރުގެ އަންހެނެކެވެ. މި މީހާ އަކީ ކޭސް 126 އާ ގުޅުންހުރި ކަމަށް ބެލެވިގެން މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހު ސާމްޕަލް ނަގާފައިވާ މީހެކެވެ. އެމީހާ ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗްއަށް ގެންދިޔައީ ބުދަ ދުވަހު ހަވީރު ކަމަށާއި، އޭނާގެ ނަތީޖާ ލިބުނީ ނިޔާވި ފަހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭނާއަކީ މޮނީޓަރިންގ ގެ ހާލަތަށް ލެވިފައިވާ ގެއެއްގައި ދިރިއުޅެމުން ދިޔަ ފަރާތެއް ކަމަށާއި އައިމިނަތުގެ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިފައިންގެ އަންހެން ބޭކަނބަލުން ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިއިރު، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އިތުރު 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 04 ދިވެހިންނާއި، ޕާކިސްތާން މީހެކެވެ. އޭގެ ތެރެއިން 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރި ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ޖުމްލަ 280 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިބަލިން ރާއްޖޭގައި ރަނގަޅުވެފައިވަނީ 17 މީހެކެވެ.
ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިރޭ އިޢުލާންކުރި 8 މީހަކާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ 27 އަށް އަރައިފިއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް މިރެއާއި ހަމައަށް އިޢުލާން ކޮށްފައިވަނީ 19 މީހުންނެވެ. މިރޭ ވަނީ އިތުރު އަށް މީހަކު ޕޮޒިޓިވް ވި ކަމަށް އިޢުލާން ކޮށްފައެވެ.
މި އަދަދު ތަކާއެކު މިހާރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމަލް އަދަދު މިވަނީ 277 އަށް އަރާފައެއެވެ.
13:37
ރާއްޖެއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެއީ ފަސް ދިވެއްސަކާއި ޕާކިސްތާނު އަންހެނެކެވެ.
މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 104 އެވެ. މިއަދުގެ މި ހިސާބަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 256 އެވެ.
14:55
މާލެ ސަރަހައްދުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އިތުރު 14 ދުވަހަށް ދެމެހެއްޓުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން މާލެސިޓީގެ ސަރަހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މާދަމާއިން ފެށިގެން އިތުރު 14 ދުވަހަށް ދަންމާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ނިންމަވާފައެވެ.
21:30
ކޯވިޑް-19 އަށް އިތުރު 4 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް އަރައިފިއެވެ.
މި ކޭސްތަކާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ.
17:32
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ށ. ނަރުދޫ އަމާޒު ބޯޓުގެ ކައްޕިއާ ޑައިރެކްޓް ކޮންޓެކްޓްވި 6 މީހަކު އެބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ނަރުދޫ އަށް ނިސްބަތްވާ އެ 6 މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން ގެންދަނީ ކުރަމުންނެވެ.
މީގެ އިތުރުން ށ. ނަރުދޫ އަމާޒު ބޯޓުން ދަތުކުރި އެއަތޮޅު މިލަންދޫ މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
15:12
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 16 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 245 އަށް އަރައިފިއެވެ.
މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ 4 މީހަކާ އަދި 3 ދިވެހީންނެވެ.
ރޭވެސް ރާއްޖެއިން ތިން މީހުން ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
10:45
ރާއްޖެއިން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޯވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައިވާ ގޮތުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 228 އަށް އަރާފަ އެވެ.
ރޭ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދިވެއްސަކާއި ބިދޭސީއެކެވެ.
އިއްޔެ ވެސް ރާއްޖެއިން މި ބައްޔަށް 12 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
17:38
ރާއްޖެއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިފަހަރު އެޗްޕީއޭއިން އާންމުކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެއްސަކާ ބަންގްލަދޭޝްގެ އެކަކެވެ. މިއާއެކު ދިވެހި ރާއްޖެއިން ބައްޔަށް ޕިޒިޓިވްވި މީހުންގެ އަދަދު މިވަނީ 226 އަށް އަރާފައެވެ.
16:21
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 06 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢާއްމުކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ 4 ދިވެހިންގެ އިތުރުން ބަންގްލަދޭޝް މީހަކާއި، ޕާކިސްތާން މީހެކެވެ.
މިހާރު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 220 އަށް އަރާފައެވެ.
21:50
ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި މިފަހަރު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހުންނާއި، އިންޑިއާ 2 މީހުންނާއި، 2 ދިވެހިންނެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 214 އަށް އަރާފައެވެ.
17:46
ރާއްޖެއިން އިތުރު ދެ ދިވެއްސަކާއި ޕާކިސްތާނު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ތިން ކޭސްއާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ.
17:07
ރާއްޖެއިން އިތުރު 11 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މިއަދު މިބައްޔަށް 47 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ބަންގްލަދޭޝްގެ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެއް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 188 އަށް އަރާފައެވެ.
04:50
ރާއްޖެއިން އިތުރު 36 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާ 6 ދިވެއްސަކާއި އިންޑިއާގެ ރައްޔިތެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި އަދަދު މިވަނީ 177 އަށް އަރާފައެވެ.
21:22
އިތުރު 04 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ކުރެއްވި ޓްވީޓެއްގައި ވަނީ، އިންޑިއާ 02 މީހަކާއި، ސްރީލަންކާ މީހެއްގެ އިތުރުން ދިވެއްސެއް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖޭން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު ވަނީ 141 އަށް އަރާފައެވެ.
15:54
އިތުރު 8 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މުޅިންވެސް ހިމެނެނީ ދިވެހިން ކަމަށެވެ.
ދިވެހިންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ށ. ނަރުދޫން މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 137 އަށް އަރާފައެވެ.
03:30
މާލެއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމަލް 129 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ މިރޭ ޕޮޒިޓިވްވި މި މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
21:38
ރާއްޖެއިން އިތުރު 12 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ވަނީ ހާމަ ކުރަށްވާފައެވެ.
މިއާއެކުު ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި އަދި 68 ބިދޭސީންނެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި ކުރީގެ އެއްވެސް ކްލަސްޓަރއަކަށް ނިސްބަތްނުވާ ބަޔަކު ފެނިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
13:35
އިތުރު 06 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ، މީގެ ތެރޭގައި ހިމެނެނީ 02 ދިވެހިންނާއި، ބަންގްލަދޭޝްގެ 02 މީހުންނާއި، އިންޑިއާ ރައްޔިތަކާއި، ސްރީލަންކާ އަށް ނިސްބަތްވާ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު ވަނީ 116 އަށް އަރާފައެވެ.
04:01
އިތުރު ދެ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއެކު މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 96 އަކަށް އަރާފަ އެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ދެ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުންނަކީ މީހަކާ ކޮންޓެކްޓް ވެގެން ޕޮސިޓިވްވި ބައެއްކަމެއް ނުވަތަ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގާ ޓެސްޓް ކުރުމުން ޕޮޒިޓިވްވި ބައެއް ކަން ސާފެއް ނުވެއެވެ.
މީގެ ކުރިން ޕްރޮބެބަލް ކޭސް އެއްގެ ގޮތުގައި ބެލެވުނު ކޭސް 026 ގެ ނަންބަރު ވަނީ މީގެ ތެރެއިން އެކަކަށް ދީފައެވެ.
އެޗްޕީއޭއިން ބުނީ އެ ދެ ދިވެހިންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 110 އަކަށް އަރާފަ އެވެ.
20:50
ކޯވިޑް-19 އަށް މާލެއިން 14 ބިދޭސީން ޕޮޒިޓިވް ވެފައިވާ ކަމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭއިން ހާމަކޮށްފިއެވެ.
13:40
ކޯވިޑް-19އަށް މާލެއިން އިތުރު 9 މީހުން ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަންގްލަދޭޝްގެ 5 ރައްޔިތުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހުންކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.
މިއަދު މެނދުރުފަހު އެޗްޕީއޭއިން އާންމުކޮށްފައިވާ ކޯވިޑް-19 ގެ އެންމެފަހުގެ ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި ދެ ކޭސްގެ މައުލޫމާތު އާންމުކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 02:24 ހާއިރުއެވެ. ރޭ ޕޮޒިޓިވް ވި ދެމީހުންނަކީ މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދެމީހެއްގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޓެސްޓް ކުރުމުން ޕޮަޒިޓިވް ވި ދެމީހުންނެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 85 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 40 ދިވެހީންނާއި 45 ބިދޭސީންނެވެ. ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ. ސާބިތު ނުކުރެވޭ ނަތީޖާއެއް ވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މާލެ ސިޓީގައި ބަލި ފެތުރެން ފެށިފަހުން މާލެސިޓީން މިހާތަނަށް 66 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
02:24
މާލޭ ފްލޫ ކްލިނިކަކަށް ދެއްކި ދެ ދިވެހީންގެ ކިބައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ކުރި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވް ވުމާއެކު މިހާނަތަށް މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 66 އަށް އަރާފައެވެ. އަދި މި އަދަދާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަކީ 86 އެވެ.
19:30
މާލެއިން ކޯވިޑް-19 އަށް އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ. މިއީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 84 ވަނަ މީހާއެވެ. މިމީހާއަކީ ކޭސް 52 އާއި ޑައިރެކްޓް ކޮންޓެކްޓެކެވެ. މިމީހާ ޕޮޒިޓިވް ވުމުން މާލެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ މިހާރު ވަނީ 64 އަށް އަރާފައެވެ.
14:35
މާލެއިން ކޯވިޑް-19 އަށް ބަންގްލަދޭޝްގެ އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 83 ވަނަ މީހާއެވެ. މިއާއެކު މާލެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 63 އަށް އަރާފައެވެ.
14:28
މާލެއިން މިއަދު ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި 80 އަހަރުގެ ދިވެއްސަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިމީހާގެ ހާލަތު ގާތުން މޮނިޓަރ ކުރުމަށްޓަކާ އޭނާ މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މިއަދު ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި ހިމެނެނީ 05 ބަންގްލަދޭޝް ރައްޔިތުންނާއި 08 ދިވެހިންނެވެ. މިއާއެކު މާލެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 62 އަށް އެރީއެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 82 އަށް މިހާރު ވަނީ އަރާފައެވެ.
21 އެޕްރިލް
11:40
މާލެއިން އިތުރު 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ 05 ބަންގްލަދޭޝް ރައްޔިތުންނާއި 08 ދިވެހިންނެވެ. މިއާއެކު މާލެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 62 އަށް އެރީއެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 82 އަށް އެރީއެވެ.
00:40
މާލެއިން އިތުރު 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތެކެވެ. މިއާއެކު މާލެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 49 އަށް އެރީއެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 69 އަށް އެރީއެވެ.
15:14
މާލެއިން އިތުރު 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި އިންޑިޔާގެ 4 ރައްޔިތުންނެވެ. މިއާއެކު މާލެސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 47 އަށް އެރީއެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 67 އަށް އެރީއެވެ.
14:03
ހަ ދިވެހިންނާއި، ބަންގްލަދޭޝްގެ 02 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު 60 އަށް އަރައިފިއެވެ. މިއާއެކު މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 40 އަށް އަރާފައެވެ. މާލެއިން މިހާތަނަށް ޕޮޒިޓިވް ވި މީހަކާ މިމީހުންނާއި އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މި އެންމެން އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، ޕްރެސްކޮންފަރެންސް
މާލެއިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި 468 މީހަކު ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ކޯވިޑް-19 ޓާސްކްފޯހުން މިރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ، މާލެއިން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން މިހާތަނަށް 468 ކޮންޓެކްޓެއް ހޯދާފައިވާކަމަށެވެ. އަދި މީގެ ތެރެއިން 200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިހާތަނަށް އައި އިރު 130 އަށް ވުރެގިނަ ތަންތަން މޮނިޓަރިންގެ ހާލަތުގައި ވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން އެންމެ ފަހުން ހއ. އުލިގަމުން ޕޮޒިޓިވްވި މީހާއާ ގުޅިގެންވެސް 131 ކޮންޓެކްޓް ހޯދާފައިވާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
18:48
ހއ. އުލިގަމުން ކޯވިޑް-19 އަށް ޓެސްޓްކުރި ދިވެހި މީހާ ބައްޔަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިއީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި 52 ވަނަ މީހާއެވެ. އަދި މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ކޯވިޑް-19 އަށް ޕޮޒޓިވްވި ފުރަތަމަ މީހާއެވެ. މާލެއިން މިހާތަނަށް ޕޮޒިޓިވް ވި މީހަކާ މިމީހާއާއި އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މިމީހާއަށް ބަލި ޖެހެން މެދުވެރިވި ގޮތެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މިމީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
14:54
މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި 21 ވަނަ ބަލި މީހާއާއި ކޮންޓެކްޓް ވެގެން ބައްޔަށް ޕޮޒިޓިވް ވި މީހަކު ކޮންޓެކްޓް ޓްރޭސިންގ ގައި މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މިހާރު ކުރިއަށްދާ ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ފުލުހުން މެދުވެރިކޮށް އޭނާއާއި މުއާމަލާތް ކުރަމުންދާ ކަމަށެވެ. އެގޮތަށްވެސް އެއްބާރުލުން ނުލިބިއްޖެއްޔާ ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން މިރޭ އެމީހާގެ މައުލޫމާތު އިޢުލާނު ކުރައްވާނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.
14:30
އެއްތަނެއްގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 31 އަށް އަރައިފިއެވެ. މިއާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 51 އަށް އަރާފައެވެ. މިއަދު މާލެއިން ޕޮޒިޓިވް ވި 13 ބަންގްލަދޭޝް ރައްޔިތުންނަކީ 27 ވަނަ ބަލިމީހާއާއި ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. މިއަދު މާލެއިން ޕޮޒިޓިވް ވި އިންޑިއާ ދެމީހުންނަކީ ކޭސް 28 ގެ ކްލޯޒް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
13:58
ފްލޫ ކްލިނިކަށް ދެއްކި ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 16 އަށް އަރައިފިއެވެ. ރާއްޖެއިން 36 ވަނަ އަށް ޕޮޒިޓިވް ވި މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކާ ގުޅުން ހުރި މީހެއްކަމެއް އަދި އެނގިފައެއް ނުވެއެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކޮށްފައެވެ.
23:12
ކޯވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 15 އަށް އަރައިފިއެވެ. ރާއްޖެއިން 35 ވަނަ އަށް ޕޮޒިޓިވް ވި މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކާ ގުޅުން ހުރި މީހެއްކަމެއް އަދި އެނގިފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް މާލެއިން ޕޮޒިޓިވް ވެފައިވާ އެއްވެސް ފަރާތަކާއި މިމީހާއާއި ގުޅުމެއް ވޭތޯ މިހާރު ބަލަމުންދާ ކަމަށެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކޮށްފައެވެ.
16:02-
ކޯވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 14 އަށް އަރައިފިއެވެ. ރާއްޖެއިން 34 ވަނަ އަށް ޕޮޒިޓިވް ވި މިމީހާއަކީ ކޭސް 27 ނުވަތަ 27 ވަނައަށް ބަލި ޖެހުނު މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ. މިމީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14 އަށް އަރާފައެވެ.
15:50-
ކޯވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 13 އަށް އަރައިފިއެވެ. މިމީހާއަކީ 28 ވަނައަށް ބަލި ޖެހުނު މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ. މިމީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13 އަށް އަރާފައެވެ.
12:09-
ކޯވިޑް-19 އަށް މާލެއިން ބަންގްލަދޭޝް ރައްޔިތަކު ޕޮޒިޓިވްވެ މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 12 އަށް އަރައިފިއެވެ. ކޭސް ނަމްބަރު 32 ނުވަތަ މާލެދިން 32 ވަނައަށް ބައްޔަށް ޕޮޒިޓިވްވި މި މީހާއަކީ 30 ވަނަ މީހާއާއި ސީދާ ކޮންޓެކްޓް ވެފައިވާ މީހެކެވެ. މާލެ ތެރެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ވި ބަންގްލްދޭޝް ގެ މިމީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ މިހާރު މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ މިވަނީ 12 އަށް އަރާފައެވެ.
10:57-
ކޯވިޑް-19 އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމަލް 11 އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވްވި މި މީހާއަކީ ކޭސް ނަމްބަރ 28 ނުވަތަ 28 ވަނައަށް ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވިވާ ފަރާތެވެ. އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ 11 އަށް އަރާފައެވެ.
10:49-
ކޯވިޑް-19 އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެ މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމަލް 10 އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވްވި މި މީހާއަކީ ކޭސް ނަމްބަރ 27 ނުވަތަ 27 ވަނައަށް ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާތީ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 10 އަށް އަރާފައެވެ.
1:13
މާލެއިން ކޯވިޑް-19 އަށް 9 ވަނަ މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ބުނީ މިމީހާއަކީ މާލެއިން ޕޮޒިޓިވްވި 27 ވަނަ މީހާއާއި ސީދާ ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. މިއީ މާލެއިން ބައްޔަށް ޕޮޒިޓިވްވި 9 ވަނަ މީހާއެވެ. މިމީހާ މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
16:58-
މާލެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެއަރޕޯރޓްގައި މަސައްކަތްކުރާ މީހަކު ހިމެނޭ- މަބްރޫކް
ޕޮޒިޓިވްވި އެއަރޕޯރޓް މުވައްޒަފަކީ މާލެއިން ޕޮޒިޓިވްވި ފުރަމަ މީހާއާއި ގުޅިގެން އައިސޮލޭޓް ކުރެވިފައިވާ މީހެއް- ޑރ. ނަޒުލާ
13:50-
ކޯވިޑް-19 އަށް މާލެއިން އަށްވަނަ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާރު ކުރިއަށްދާ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ މާލެއިން އެންމެ ފަހުން ޕޮޒިޓިވްވި ދެމީހުންނަކީވެސް މާލެއިން ފުރަތަމަ ޕޮޒިޓިވްވި 21 ވަނަ ކޭސްއާއި ގުޅުން ހުރި ކޮންޓެކްޓެއް ނޫން ކަމަށެވެ. މި ދެމީހުންނަކީ ވެސް ފްލޫ ކްލިނިކަށް ދެއްކުމުން ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ހުރުމުން ކުރި ޓެސްޓުން ޕޮޒިޓިވްވި ދެމީހުންނެވެ. މި ދެމީހުން ޕޮޒިޓިވް ވުމާއެކު މާލެއިން ބައްޔަށް ޕްޒިޓިވްވި މީހުންގެ އަދަދަދު އަށަކަށް އެރީއެވެ.
13:16-
މާލެ ސިޓީ 14 ދުވަހަށް ލޮކްޑައުން ކޮށްފިއެވެ. މި 14 ދުވަހުގެ ނުއްދަތުގައި އަމަލުކުރާނެ ޚާއްޞަ ގޮތްތަކެއް ކަނޑައަޅާ އިޢުލާން ކޮށްފައިވާއިރު، މިހާލަތުގައި މާލެސިޓީގައި ހިމެނޭ މާލެއާއި ހުޅުމާލޭއާއި ވިލިމާލޭގައި މަގުމައްޗަށް ނުކުމެ އުޅުމާއި ދުއްވާއެއެއްޗެހި ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
12:58-
ކޯވިޑް-19އަށް މާލެއިން އިތުރު މީހަކު ޕޮޒިޓިވްވެ މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަކަށް އަރައިފިއެވެ. ކޭސް 24 އަކީ މާލެ ތެރެއިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ކުރި ޓެސްޓުން ޕޮޒިޓިވްވި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިމީހާ އައިސޮލޭޝަނަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
11:50-
ކޯވިޑް-19އަށް މާލެއިން އިތުރު މީހަކު ޕޮޒިޓިވްވެ މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަޔަކަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި ކޭސް 26 އަކީ މާލެއިން ޕޮޒިޓިވްވި ތިންވަނަ މީހާ ނުވަތަ ކޭސް 23 އާއި ސީދާ ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. އޭނާގެ ކިބައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރުމުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ މާލެއިން ބައްޔަށް ޕޮޒިޓިވް ވި ހަވަނަ މީހާއެވެ. މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމުގައިވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކޯވިޑް-19 އަށް މާލެއިން އިތުރު ދެ މީހަކު ރޭވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭއިން ބުނީ މި ދެމީހުންނަކީ މާލެއިން ތިން ވަނައަށް ޕޮޒިޓިވް މީހާ ނުވަތަ ރާއްޖޭގެ ކޭސް ނަމްބަރު 23 އާއި ސީދާ ކޮންޓެކްޓް ވެފައިވާ ދެމީހުން ކަމަށެވެ. މި ދެމީހުން ޕޮޒިޓިވް ވުމާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ފަހަކަށް އެރީއެވެ.
މީގެ ކުރިން މާލެއިން ޕޮޒިޓިވް ވެފައިވާ ތިން މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ދެއަހަރުގެ މި ކުއްޖާއަކީ މާލެއިން ފުރަތަމަ ޕޮޒިޓިވް ވި އަންހެން މީހާގެ ދަރިފުޅެވެ.
މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއިއެކު މާލެސިޓީ ވަނީ ލޮކްޑައުން ކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައެވެ. މީގެއިތުރުން މިއަދު ހަވީރު 6:00 އިންފެށިގެން މުޅި ރާއްޖޭގައިވެސް މި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ ރަށެއްގައިވެސް ލަފާ ފުރުން މަނާކުރުމާއި އެއްވެ އުޅުމާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު