ސާޝާ އޮބާމާ ފެނިގެންދިޔަ ޓިކްޓޮކް ވީޑިޔޯ އިން ނަގާފައިވާ ފޮޓޯއެއް، މި ވީޑިޔޯ މިހާރު ވަނީ ޑިލީޓްކޮށްލާފަ.
ސާޝާ އޮބާމާ ފެނިގެންދިޔަ ޓިކްޓޮކް ވީޑިޔޯ އިން ނަގާފައިވާ ފޮޓޯއެއް، މި ވީޑިޔޯ މިހާރު ވަނީ ޑިލީޓްކޮށްލާފަ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ހަގު ދަރިފުޅު ސާޝާ އޮބާމާގެ މަޝްހޫރު ވެގެން ދިޔަ ޓިކްޓޮކް ވީޑިއޯ ޓިކްޓޮކުން ނަގައިފިއެވެ.

ސާޝާ އޮބާމާގެ ޓިކްޓޮކް ވީޑިޔޯ ޑިލީޓްކޮށްލުމުގެ ކުރިން މީސްމިޑިޔާގައި އެތައްބަޔަކު ވަނީ މި ވީޑިއޯ ހިއްސާކޮށްފައެވެ. 15 ސިކުންތުގެ މި ޓިކްޓޮކް ވީޑިޔޯގައި ފެނިގެން ދަނީ ސާޝާ އާއެކު އިތުރު 7 ކުދިން ލަވަޔަކަށް ނަށާތަނެވެ. މިވީޑިޔޯއިން ފެންނަ ހުރިހާ ކުދިންވެސް ތިބީ މާސްްކް ނާޅައެވެ.

ފެންނަ ފެނުމަށް ބަލާއިރު މިވީޑިޔޯއަކީ ބަދިގެ އެއްގެތެރޭގައި ނަގާފަ އިވާ ވީޑިއޯއެއް ކަމަށް ބެލެވެއެވެ.

ނަމަވެސް ޓިކްޓޮކްގައި މި ވީޑިއޯ ހިއްސާކޮށްފައިވަނީ ސާޝާ އޮބާމާއެއް ނޫނެވެ. މި ވީޑިއޯ ޓިކްޓޮކްގައި އެންމެ ފުރަތަމަ ހިއްސާކޮށްފައިވަނީ ސާޝާ އޮބާމާއާއެކު މިވީޑިޔޯއިން ފެނިގެންދާ އެހެން ކުއްޖެކެވެ. އަދި މި ވީޑިއޯ މަޝްހޫރުވެގެން ދިޔަފަހުން، މި ވީޑިއޯ ފުރަތަމަ ހިއްސާކޮށްފައިވާ ފަރާތުން ވަނީ ވީޑިއޯ ޑިލީޓް ކޮށްލާފައެވެ.

ޓިކްޓިކް އެޕްލިކޭޝަނުން ވީޑިޔޯ ޑިލީޓް ކޮށްލާފައިވީނަމަވެސް، މި ވީޑިޔޯގެ ކޮޕީތައް އަދިވެސް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

19 އަހަރުގެ ސާޝާ އޮބާމާ އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޗިގަންގެ ދަރިވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން