މަބްރޫކާއި ޑރ. ނަޒްލާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކާއި ޑރ. ނަޒްލާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާސްކެއް އަޅައިގެން ސަލާމަތްވާން ނެތް ކަމަށާއި، ސަލާމަތްކަން ލިބެން އޮތީ ގޭގައި ތިބެގެން ކަމަށް ކޯވިޑް-19 ގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މި ފެނިގެންދަނީ ބިރުވެރި މަންޒަރެއް ކަމަށެވެ. މި ޙާލަތަށް ޙާލަތު ނުރައްކާވީއިރުވެސް އާ ނޯމަލް އަކަށް ރައްޔިތުން ފަރިތަވެފައި ނެތްކަން ފާހަގަ ކުރަށްވައި މަބްރޫކް ވިދާޅުވީ އެއްވެސް ވަރަކަށް ބެލުމެއް ނެތި މީހުން ގޭގެއަށް ދިއުމާއި ، ބުރުޖެހުމަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށެވެ.

"މާސްކެއް އަޅައިގެން ނިކުތަސް ސަލާމަތެއް ނެތް. މިހާރު އަވަސް އަވަހަށް މީހުން ޕޮޒިޓިވްވަމުން އަންނައިރުވެސް އެންގި ގޮތަކަށް ނޫޅޭ. ލޮކްޑައުނުގައި ވެސް ބޭރުގައި. މިވަގުތު ވެސް މުހިއްމީ މި ފިޔަވަޅުތައް އެޅުން." މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ސަލާމަތުގެ އައްސޭރިއަށް ދެވޭނީ އިރުޝާދުތަކަށް ބޯލަނބައިގެން ކަމަށާއި، ކޮންމެ މީހަކަށްވެސް ބަލި ޖެހިފައި ހުރެދާނެ ކަމަށެވެ.

"މިއީ އެންމެ ނުރައްކާތެރި ހާލަތު. އަޅުގަނޑުމެންގެ ތެރޭގައި ބަލި އޮތްކަން މިހާރު އެބަ އެނގޭ. މިހެންވީމަ ސަމާލުވުން ވަރަށް މުހިއްމު. އަމަލުތައް ބަހައްޓަން ޖެހޭ ގޮތަށް އަމަލުނުކުރެއްވިއްޖެނަމަ ހާލަތު ގޯސްވާނެ. ސަލާމާތުގެ އައްސޭރިއަށް ދެވޭނީ އިރުޝާދުތަކަށް ބޯލަނބައިގެން. މިވަގުތު ބަލަންވީ ކޮންމެ މީހަކަށް ވެސް ބަލި ޖެހިފައި ހުރެދާނެ ކަމަށް." މަބްރޫކް ވިދާޅުވިއެވެ.

މާލެސިޓީ ލޮކްޑައުން ކޮށްފައި އޮތް އިރުވެސް އެއްވެސް ފިކުރެއްނެތި ބައެއް މީހުން މަގުމައްޗަށް ނުކުމެ އިޖުތިމާޢީ ގައިދިރުކަމެއް ނެތި އުޅެމުންދާކަން ފާހަގަ ކުރެވެއެވެ. މާލޭގައި ބުދަ ދުވަހު އިޢުލާން ކުރި ފުރަބަންދުގެ ހާލަތު މިހާރުވަނީ 14 ދުވަހަށް ދަންމާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން