މާލެ ލޮޮކްޑައުން ހާލަތުގައި ފުރަތަމަ ދުވަހުގެ މަންޒަރެއް
މާލެ ލޮޮކްޑައުން ހާލަތުގައި ފުރަތަމަ ދުވަހުގެ މަންޒަރެއް
މާލެ ސިޓީ އިން ފެނިފައިވަނީ ކޯވިޑް-19 ގެ ތިން ކްލަސްޓަރ އެއް ކަމަށާއި، ކޮމިއުނިޓީ ސްޕްރެޑް ނުވަތަ މުޖުތަމަޢުގެ ތެރޭގައި ފެތުރެމުން އެބަދާ ކަމަށް އެންއީއޯސީ އިން ބުނެފިއެވެއެވެ.

އެންއީއޯސީގެ ފަރާތުން އޮންލައިންކޮށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19 ޖެހުނު 21 ވަނަ ކޭސްއާ ގުޅޭ ހަ ކޭސް އެއް ނުވަތަ 21 ވަނަ ބަލިމީހާއާއި ގުޅޭ ބައްޔަށް ޕޮޒިޓިވް ވި ހަ މީހަކު މިހާތަނަށް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ދެ ކޭސްއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެ ކޭސް އަކާ ކުރީގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ އިން މިހާރު އަށް ކޭސް ފެނިފައިވާއިރު، އިންޑެކްސް ކޭސް ނޭނގުމުގެ މާނައަކީ މާލޭ ގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތުން ކަމަށްވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޑރ ނަޒްލާ ވިދާޅުވީ "ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުވެގެން ގުދު ފަތިކުރަން މަސައްކަތްކުރަން ޖެހޭ. އަދި މިހާރު ހެދިފައިވާ އެޕިޑޮމޮލޮޖިކަލް ދިރާސާގައި ވާގޮތުން ނަމަ، 14 ދުވަހުގެ ތެރޭގައި ވައިރަހުގެ ޕީކަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެކަން ހާސިލުކުރަން (ގުދު ފަތިކުރަން) ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 28 މީހުން ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މާލެތެރެއިން އަށް މީހަކު މިހާރު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން