ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސާރާ އަލީ ޚާން ބޭނުން ވަނީ އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާންގެ ފުރަތަމަ ފިލްމަކީ ބޮޑު ފިލްމަކަށް ވުމަށް ކަމަށް އޭނާ ބުނެފިއެވެ.
ސާރާ ބޭނުން ވަނީ ބޮލީވުޑްގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމަށް ލިބުނު ފަދަ ކާމިޔާބެއް އިބްރާހިމްގެ ފުރަތަމަ ފިލްމުވެސްވުން ލިބުމަށެވެ.
ރިތިކް ރޯޝަން އެންމެ ފުރަތަމަ ބޮލީވުޑް ގެ ފިލްމަކުން ފެނިގެން ދިޔައީ 2000 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ކަހޯނާ ޕިޔާރް ހޭއިންނެވެ. މި ފިލްމަށް ގާތްގަނޑަކަށް 92 އެވަރޑް ލިބިފައިވާއިރު މިދިޔަ އަހަރުގެ އައިފާ ފިލްމު އެވަރޑްސް ގައި މިދިޔަ 20 އަހަރުތެރޭގައި އެންމެ މޮޅު ފިލްމުގެ އެވަރޑް ވެސް މިފިލްމަށް ވަނީ ލިބިފައެވެ. މި ފިލްމު ވެގެން ދިޔައީ އިންޑިޔާގެ ބޮލީވުޑްގެ ތާރީޚުގައިވެސް އެންމެ ގިނަ އެވާރޑު ލިބުނު ކާމިޔާބު އެއްފިލްމަށެވެ.
ސާރާ އަލީ ޚާންވެސް ބޭނުން ވަނީ ކަހޯނާ ޕިޔާރް ހޭ ފަދަ ކާމިޔާބު ފިލްމަކުން އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ޚާން ފެނިގެން ދިޔުމަށެވެ. މީގެ އިތުރުން އިބްރާހިމް ފިލްމީ ދާއިރާއިން ފެނިލުމުން ސާރާގެ މަސައްކަތާ އެކު އަޅައި ކިޔާ ފާޑުކިޔާނެ ކަމަށާއި އެކަމަށް ކޮއްކޮ ތައްޔާރުވެ ހުންނަން ޖެހޭނެކަމަށް ވެސް ސާރާ ބުނެފައިވެއެވެ.
އިބްރާހިމް ފިލްމީދާއިރާ އަށް ނުކުތުމާ ބެހޭގޮތުން ބައްޕަ ސައިފް އަލީ ޚާނާ އެތައް ފަހަރެއްގެ މަތިން ސުވާލު ކުރެވިފައިވެއެވެ. ނަމަވެސް އެސުވާލުތަކަށް ސައިފް ރަސްމީކޮށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދި އިބްރާހީމް ފިލްމަކުން ފެނިގެން ދިޔުމާމެދުވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. ނަމަވެސް ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު، ސާރާ އަލީ ޚާނަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮލީވުޑް ގައި މަޝްހޫރުކަން ލިބިގެން ދިޔަ ތަރިއެކެވެ.
ސާރާ އަލީ ޚާން ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ކެދާރްނާތު އަދި ހަމަ އެއަހަރު ނުކުތް ހިންދީ ފިލްމު ސިންބާ އިންނެވެ. ސާރާ ދެން ފެނިގެން ދާނީ މިމަހު ނެރުމަށް ހަމަޖެހިފައިވާ ކޫލީ ނަންބަރު ވަން އިންނެވެ. މި ފިލްމަކީ 1995 ވަނަ އަހަރު ނުކުތް ފިލްމު ކޫލީ ނަންބަރު ވަންގެ ރީމޭކް އެކެވެ.

ކިޔުންތެރިންގެ ހިޔާލު