މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށާއި، އެއްވެސް މީހަކު ސީރިއަސް ހާލަތެއްގައި ނެތްކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސީރިއަސް މީހަކު ނެތްކަމަށާއި، ބައްޔަށް ޕޮޒިޓިވްވި އެންމެންނަށްވެސް ފަރުކޮޅުފުށީގައި ފަރުވާދެމުންދާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ނޫސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވަނީ، ރާއްޖޭގައި ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ތެދު މަޢުލޫމާތު ދެއްވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ވީހާވެސް އަވަހަށް ތެދު މައުލޫމާތު ބޭނުންވޭ. ކޭސްއެއް އައިޑެންޓިފައި ކުރެވުމާއެކު އެ ބަޔަކު ދިޔަ ތަނެއް ބަލައި އެކަންކަން މިދަނީ ބަލަމުން. ކޮންޓެކްޓެއްތޯ ބަލާއިރު ރަނގަޅު މައުލޫމާތު ދިނުން މުހިއްމު. އެހެން ނޫނީ އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮށްފައިވާ ދިރާސާ ދައްކާ ގޮތުން އާންމުންގެ ތެރޭގައި ބަލި ފެތުރެން ފެށުމާއެކު 14 ދުވަހުގެ ތެރޭގައި މިބަލި އެންމެ ގިނަ މީހުންނަށް ޖެހޭ ހިސާބަށް ވާސިލުވާނެކަން ފާހަގަ ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށެވެ. އެންމެންވެސް ޓެސްޓް ކުރުން މުހިއްމު ކަމަށާއި، ސީދާ ކޮންޓެކްޓުވެފައި ޢަލާމާތެއް ނެތްކަމުގައި ވީނަމަވެސް ޓެސްޓް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މީހަކު ބައްޔަށް ޕޮޒިޓިވްވިޔަސް އެހާ ފަސޭހަކަމެއް ނޫން އެއީ އެމީހާއަށް ބަލި ޖެހުނީ ކިހިނެއްކަން ބުނަން. ކޮންޓެކްޓުންގެ ތެރޭގައި ބަލީގެ އަލާމާތް ހުރި މީޙުން ޓެސްޓް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި ވެސް އެބަ ކުރިއަށްދޭ ކޮންޓެކްޓް ޓްރޭސިން." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ވަނީ އެއާޕޯޓުގައި މަސައްކަތްކުރި މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާކަން ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު