ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވީ ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށެވެ.
"ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ވާހަކަ ދަންނަވަން" މިނިސްޓްރީން ބުނެފައި ވެއެވެ.
މާލެއިން ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް 8 މީހުން ފެނިފައިވާއިރު މި ކޭސްތަކާއި ގުޅިގެން ބައެއް ރަށްރަށުގެ ގެތައްވެސް މޮނިޓަރިން ހާލަތަށް ވަނީ ގެނަސްފައެވެ. އަދި އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭ އިން ވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު